ads
ގާސިމް ޕްރީ ސްކޫލް
ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ސްކޫލް “ގާސިމް ޕްރީ ސްކޫލް” ހުޅުވަނީ
ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު، "މުހައްމަދު ގާސިމް ޕްރީ ސްކޫލް" މިމަހުގެ 24 ވާ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ގާސިމް މުހައްމަދުގެ ހަނދާނުގައި ހަދާފައިވާ މި ޕްރީ ސްކޫލަކީ ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ސްކޫލްގައި އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާ ފޯމް ފުރުމަށް އަންގާފައެވެ.

މި ޕްރީ ސްކޫލު ހިންގަން އެޗްޑީސީން އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ ޖެނުއަރީ 17، 2019 ގައެވެ.

އެ ސްކޫލު ހިންގައިދޭނެ ބަޔަކު ހޯދަން ހަތަރު ފަހަރެއްގެ މަތިން އިއުލާންކޮށްފައިވީނަމަވެސް ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ދުވަސް ތަކުގައި އެތަން ބޭނުންކުރަމުން އައީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

މިހާރު ސަރުކާރުން ނިންމާފައިވަނީ އެ ސްކޫލް ސަރުކާރުން ހިންގާ ގޮތަށެވެ. އެހެންކަމުން މި ސްކޫލް ވާނީ ހުޅުމާލޭގައި ސަރުކާރުން ހިންގާ އެންމެ ފުރަތަމަ ޕްރީ ސްކޫލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް