ads
ފަރްދީން އަދި ރިތޭޝް…
އެގާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ފަރުދީން އެނބުރި އަންނަނީ!
އެގާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު މަޝްހޫރު އެކްޓަރު ފަރްދީން ހާން އެނބުރި ބޮލީވުޑްގައި މަސައްކަތް ކުރަން ފަށައިފިއެވެ.

އޭނާގެ އާ ފިލްމުގެ ޝޫޓިން މިހާރު ފެށިގެންދާއިރު އެ ފިލްމުގެ ނަމަކީ “ވިސްފޮޓް” އެވެ.

މިދިޔަ އެޕްރިލް މަހު ގެނެސްދިން ކާމިޔާބު ފިލްމު “ދަ ބިގް ބުލް” ގެ ހެދި ކުކީ ގްލާޓީ ޑައިރެކްޓްކުރާ “ވިސްފޮޓް” އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ގުޕްތާގެ ވައިޓް ފެދާ ފިލްމްސް ގުޅިގެން ހަދާ ފިލްމެކެވެ.

އެންމެ ފަހުން 2010 ގެ "ދުލްހާ މިލްގަޔާ" އިން ފަރްދީން ފެނުނު އިރު އޭނާ އެނބުރި މި އަންނަނީ ފަލަވެފައިވާ ހަށިގަނޑަށް ބޮޑު ބަދަލެއް ވެސް ގެނެސްފައެވެ.

“ވިސްފޮޓް”ގައި ދައްކައިދޭނީ ޑްރަގް ޑީލަރަކު ޕައިލެޓެއްގެ ދަރިޔަކު ކިޑްނޭޕް ކޮށްގެން ދިމާވާ ކަންތައްތަކެކެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ފަރްދީން ފެންނާނީ ޑްރަގް ޑީލަރުގެ ރޯލުންނެވެ. އޭނާ އާއެކު ޕައިލެޓްގެ ރޯލު ކުޅޭނީ ރިތޭޝް ދޭޝްމުކް އެވެ. އަދި ބަތަލާގެ ރޯލަށް ހަމަޖައްސާފައިވަނީ ޕްރިޔާ ބަޕަޓް އެވެ.

“ވިސްފޮޓް” ގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އަންގާފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް