ads
އާރިޔަން ހާން އާއި އަނަންޔާ ޕާންޑޭ-
އެންސީބީ އިން ސުވާލުކުރުމުން އަނަންޔާ ބުނީ “ވީޑް އަކީ ޑްރަގެއް” ކަމެއް ނޭނގޭ ކަމަށް
ބޮލީވުޑްގެ މެގާ ސްޓާ ޝާހްރުކް ހާންގެ ދަރި އާރިޔަން ހާން ޑްރަގް ގެ މައްސަލައެއްގައި ހައްޔަރުކުރި ފަހުން ނޫސްތަކުގައި އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އެއީއެވެ.
Advertisement

އާރިޔަން ބަންދުކޮށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ކުރަމުން އަންނަ ތަހުގީގުން ވަނީ ބަތަލާ އަނަންޔާ ޕާންޑޭ އާއި އާރިޔަން ޢާއި ދެކެވުނު ވާހަކަތަކެއްގެ ޗެޓްލޮގްތަކެއް ފެންމަތިވެފައެވެ. 

އެކަމާ ގުޅިގެން އެންސީބީން ވަނީ ސުވާލުކުރުމަށް އަނަންޔާ ހާޒިރުކޮށްފަ އެވެ. 

ހުކުރު ދުވަހު އެންސީބީން އަނަންޔާ ހާޒިރު ސުވާލުކުރުމުން ގިނަ ބަޔަކު ހައިރާންވީ އަނަންޔާ ދިން ޖަވާބުތަކުންނެވެ. 

އަނަންޔާ އާއި އާރިޔަން ޑްރަގް ގެ ވާހަކަ ޗެޓްލޮގްތަކުގައި ދައްކާފަ ހުރުމުން ސުވާލުކުރުމުން އަނަންޔާ ބުނީ “ވީޑް އަކީ ޑްރަގެއް” ކަމެއް ނޭނގޭ ކަަމަށެވެ. 

އަދި އޭނާ އާރިޔަން އާއި ދައްކާފަ ހުރި ވާހަަކަތަކަކީ މަޖާޒީ ގޮތަކަށް ދައްކާފަ ހުރި ވާހަކަތަކެއް ކަމަށް އަނަންޔާ ބުނެއެވެ.

ނަމަވެސް ގިނަބަޔަކު އަންނަނީ އެވާހަކަތައް ގަބޫލްކުރަން ދަތި ކަމަށް ބުނަމުންނެވެ.

ތިން ގަނޑިއިރު ވަންދެން އެންސީބީން އަނަންޔާ ސުވާލުކުރުމަށް ފަހު ދޫކޮށްލި އެވެ.  

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް