ads
ފޮޓޯ: އެމްފުރުގާން ޓްވިޓާ-----
ބާރަށުގައި ދާ އަޅައިގެން މިޔަރު ހިފި މައްސަލައެއް ބަލަނީ
ހއ. ބާރަށުގައި އެ ރަށު ރައްޔިތަކު ފަޅުތެރޭ ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ބާރަށުގައި އެ ރަށު ރައްޔިތަކު ދާ އަޅައިގެން ރަށު ފަޅުތެރެއިން މިޔަރާއި މަޑިފަދަ ތަކެތި ހިފާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޯޓޯތައް އާއްމުކުރި ފަރާތުން ބުނެފައިވަނީ އޭނާ އެކަން ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ރަށުގައި ތިބޭ ފުލުހުންނަށްވެސް ދުވަހަކުވެސް އެކަން ނުފެންނަ ކަމަށެވެ.

އަދި ވީލް ބަރޯއަށް އަޅައިގެން އެއެއްޗެހި ވިއްކިޔަސް ފުލުހުންނަށް ހަމަ އެންމެ ރަނގަޅު ކަމަށް އޭނާ ބުނެފައިވެއެވެ. 

މިކަމާއި ގުޅޭގޮތުން ފުލުހުން "ސީއެންއެމް"އަށް ބުނެފައިވަނީ ބާރަށުގެ ފަޅު ތެރޭގައި ދާ އަޅައިގެން މަސް ހިފި މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައި ވާތީ، ފުލުހުން އެމައްސަލަ ބަލަމުންދާ ކަމަށެވެ.

މިޔަރަކީ ހިމަޔާތްކޮށްފައިވާ އެއްޗެއް ނަމަވެސް އެކަމަށް ފިޔަވަޅު އަޅަނީ ފިޝަރީޒް މިނިސްޓްރީގެ ގާނޫނުގެ ދަށުންނެވެ. އެހެންކަމުން މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅާލުމުން އެ މިނިސްޓްރީން ބުނީ އެކަމާއި ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނަން އެގޭނީ އެކަން ބަލެމަށްފަހު ކަމަށެވެ. 

ނަމަވެސް ބާރަށު ކައުންސިލު މެމްބަރު އަލީ ޝަމީމް "ސީއެންއެމް"އަށް ބުނީ އެކައުންސިލަށް އެފަދަ މައްސަލައެއް ރަސްމީކޮށް މިހާތަަނަށް އެއްވެސް މީހަކު ހުށަޙަޅާފައި ނެތް ކަމަށާއި، ނަމަވެސް ދާ އަޅައިގެން ފަޅުތެރެއިން މަސް ހިފުމަކީ މަނާކަމެއް ކަން ރައްޔިތުންނަށް ކައުންސިލުން މީގެ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މާދަމާ ކައުންސިލް ބައްދަލުވުމެއް އެކަމަށްޓަކައި ބާއްވާ އެކަމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިގެން ވަކި ބާއްވަތްތަކެއްގެ މަސް ހިފުމަކީ މިދިޔަ އަހަރު ތަންފީޒުކުރަން ފެށި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކަމެކެވެ.

ގަވާއިދު ބުނާ ގޮތުން މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފި ނަމަ، އަދި ދާ ބޭނުންކުރަން ޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރާއިރު، ޖޫރިމަނާ އިތުރު ކުރެވޭނީ 5،000 ރުފިޔާ ހަމައަށް ކަމަށް ގަވާއިދުގައި ވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް