ads
ހަމްދޫން މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު ވަޅު——
މަހްމޫދު މަރާލުމުގައި ބިދޭސީމީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން
މަހްމޫދު މަރާލުމުގައި މިހާރު ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ އިތުރުން އިތުރު މީހަކު އެކަމުގައި ބައިވެރިވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަހްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނީ، މަހްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރު 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ހައްޔަރު ކޮށްފައިވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 29 އަހަރުގެ ޝާ އަލޮމް މިއާ ކިޔާ މީހެއް ކަމަށް ފުލުހުން ބުނެއެވެ. 

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު ޝާ އަލޮމް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. 

އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭކަަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް