އިމްރާން ހާން ބޮލީވުޑަށް ތައާރަފްވި އެ ފިލްމުގައި “ސުޝާންތު މޯދީ”ގެ ރޯލު ކުޅުނު އަޔާޒް ހާން ވަނީ ފިލްމަށް 13 އަހަރު ފުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ކްލިޕެއް އާންމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ ރިތޭޝް އާސް އަޔާޒް ގައިގަ ތަޅާލާފަ ދާ މަންްޒަރެވެ. ކެޕްޝަންގައި”މި ނަފްރަތު ހުއްޓޭނީ ކޮން ދުވަހަކު ތޯ” ޖަހާފަ އިނެވެ.
އެ ފިލްމުގައި އަޔާޒް ކުޅުނު ސުޝާންތު މޯދީ ކެރެކްޓާގައި ވަނީ ފިލްމުގެ ތެރެއިން ޖެނީލިއާ ކުޅުނު އަދިތީ ކެރެކްޓާގެ ކަންކަށި މަތީގައި ޖަހާފަ އެވެ.
މަޒާޖީ ގޮތަކަށް ދެ އެކްޓަރުން ކުޅުނު ވީޑިއޯ ގިނަ ބަޔަކަށް އެ ފިލްމުގެ ހަދާންތައް އާކޮށްދިންއިރު އެއްބަޔަކު ބުނަނީ ރިތޭޝް 13 އަހަރުގެ ފަހުން ވެސް އެ ހިފީ އޭނާގެ އަންހެނުން ޖެނީލިއާ ކަންކަށިމަތީގައި ޖެހުމުން އޭގެ ބަދަލުކަމަށް ބެލެވޭ ކަމަށެވެ.