ads
މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް -- ފޮޓޯ : އެމްޓީސީސީ
މަނަދޫ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި
ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނީ  24 އޮކްޓޯބަރ 2021 ވަނަ ދުވަހު ފެށިގެން އެމަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައި ވެއެވެ.  

މީގެ އިތުރުން 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައިވއެވެ. 

އަދި ކޮންކްރީޓް ބްރިޖެއް އެޅުމާއި، ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރާއި އެމްޓީސީސީން ގުޅިގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް