ads
ޕޮލިސް މައި އޮފީސް
ވަޒީފާ ހޯދުމަށް ފޭކު ތައުލީމީ ސެޓުފިކެޓް ހުށަހަޅާ މައްސަލަ ބޮޑުވެ ފުލުހުން ތަހުގީގު ކުރަނީ
ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
Advertisement

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލ،ި އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިއުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، ލިއުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމާއި ޝަޚުސު އޮޅުވާލުމުގެ މާއްދާތަކުގެ ދަށުން ޖިނާއީ ކުށެކެވެ.

މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި، މިފަދަ ކަންކަމަށް ވަޒީފާދޭ ތަންތަނުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށާއި، ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

"ވަޒީފާ ދޭ ފަރާތްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކާއި ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ."

ފުލުުހުން ވަނީ ސެޓްފިކެޓާ މެދު ޝައްކުވެ، އެކަން ކަށަވަރު ނުވެއްޖެ ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ވަގު ސެޓިފިކެޓާއި ލިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް