ads
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ގާއިމުކޮށްދިނުން އެޗްޑީސީއާ ހަވާލުކުރުން -- ފޮޓޯ/ ރައީސް އޮފީސް
ހަނިމާދޫއަށް ބަދަލުވާ ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ގެތައް އަޅަން އެޗްޑީސީއަށް
ހދ. ހިރިމަރަދޫން ހދ. ހަނިމާދޫއަށް ހިޖުރަ ކުރާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި މުނިސިޕަލް ހިދުމަތުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ސޮއިކޮށް، 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލު ކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
Advertisement

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގައި މިހާރު ދޫކޮށްފައި އޮތް ކޮންމެ ގޯއްޗަކަށް، ހަނިމާދޫއިން ހާއްސަ ކުރެވޭ ސަރަހައްދުގައި ގޯއްޗެއް އަޅާނެ އެވެ. ގެތަށް އެޅުމުގެ އިތުރުން އެ ސަރަހައްދުގެ މަގުތައް ހެދުމާއި މުނިސިޕަލް ހިދުމަތް ގާއިމުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މުނިސިޕަލް މަސައްކަތް ހިމެނޭހެން މި މަސައްކަތް ނިންމައި 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނާއި ހަވާލުކުރެވޭނެ ކަމަށެވެ. ހިރިމަރަދޫގައި މިވަގުތު 150 އަށްވުރެ ގިނަ ގޯތި ދޫކޮށްފައި އެބަ އޮތެވެ.

ގޯތީގެ އިތުރުން، މިހާރު އުޅެމުންދާ ގެތަކުގެ ބަދަލުގެ ގޮތުގައި ވެސް ދައުލަތުން ފައިސާ ދޭނެ ކަމަށާއި އެ އަދަދު އިތުރުވާނެހެން މިހާރު ބަދަލުދެމުންދާ އުސޫލު މުރާޖައާ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހދ. ހިރިމަރަދޫގައި އާބާދީ ކުޑަވުމުގެ ސަބަބުން ރަށަށް އެކަށީގެންވާ ތަރައްގީ ނުލިބެ އެވެ. ރަށުގައި އާބާދީގައި 500 އެއްހާ މީހުން ތިބިއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ދިރިއުޅެނީ ރަށުން ބޭރުގަ އެވެ. އެ ރަށުގައި މިހާރު ދިރިއުޅޭ އެންމެންގެވެސް އެދުމަކީ ރައްޔިތުންގެ ތަރައްގީއާއި ހިތްހަމަޖެހުމަށް ރަށުގެ އާބާދީ، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް