ads
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި- ފޮޓޯ: މަޖިލިސް
ވެންޓިލޭޓަރު މައްސަލައިގައި މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމަނީ
ވެންޓިލޭޓަރު ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. 

ހެލްތް މިނިސްޓްރީއާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ދެމެދު ވެވުނު އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭންޖެހޭނެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްގައިވާ ގޮތުގެ މަތިން އެފަރާތުން މުދާ ފޯރުކޮށްދީފައި ނުވެއެވެ.

އެހެންކަމުން އެގްޒެކިއުޓާސް އަށް "ޓަމިނޭޝަން ނޯޓިސް" ފޮނުވާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހުއެވެ. 

އޭސީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މިމައްސަލައިގަ ދައުވާ ކުރަން ފޮނުވުމުން، ދައުވާ ނުކޮށް އަނބުރައި ފޮނުވާލިއިރު ޕީޖީ ފާހަގަ ކުރި ކަންކަން މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އޭސީސީން ބަލަމުންދާ ކަންތައްތަކުގެ ތެރޭގައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި މައްސަލައާއި، ފައިނޭންޝަލްގެ މުއާމަލާތުގެ އިތުރު ތަހުގީގްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް މިހާރު ނިމުމަކާއި ގާތަށް ގޮސްފައިވާއިރު، މައްސަލައިގަ އޭސީސީން ދައުވާ ކުރަން ފޮނުވުމާމެދު މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ 2020ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ. ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ސަރުކާރުން ދޫކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. 

އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ. 

އޮޑިޓާ ޖެނެރަލްސް އޮފީހުން ވަނީ އެގްޒެކިއުޓާސް މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، މި ރިޕޯޓުގެ ތާރީހާ ހަމައަށް ވެންޓިލޭޓަރު ލިބިފައި ނުވާތީ އެކަން ފާހަގަކޮށް އެކަން ތަހުގީގުކުރުމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް