
އެ ސީރީޒަކީ މިދިޔަ ޖޫން މަހު ތެރޭގައި ހާޓްއެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑްގެ ޑައިރެކްޓަރު ރާޖް ކޯޝަލްގެ ވެބް ސީރީޒެކެވެ.
ރާޖް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ވެސް ކޮށްފައިވާ މީގެ ސްކްރީންޕްލޭ ލިޔުނީ އަމަން ހާނެެވެ.
މި ސީރީޒްގެ ކާސްޓްގައި ހިމެނެނީ ވިކީ އަރޯރާ، އަނޫޖް ރާމްޕާލް،. ސްވަތީ ސެމްވާލް، މޯހަން އަގާޝޭ، ޝިޝިރް ޝަރުމާ އަދި މަނީޝް ޗައުދަރީ އެވެ.
ސީރީޒްގެ ޓީޒާ އެއް މިހާރު ދައްކާލާފައިވާ އިރު ރާޖްގެ އަންހެނުން ބަތަލާ މަންދިރާ ބޭދީ ވަނީ އެ ފިލްމުގެ ޕޯސްޓަރެއް އިންސްޓަގްރާމްގައި ހިިއްސާކޮށް ފިރިމީހާގެ އެންމެ ފަހުގެ މަސައްކަތަށް ކާމިޔާބީ އަަށް އެދިފައެވެ. އަދި ފިރިމީހާ އަކީ އަބަދުވެސް މަސައްކަތަށް ފަރުވާތެރި ޝައުގުވެރިކަމާއެކު މަސައްކަތް ކުރާ މީހެއް ކަން އަންގައިދީފައެވެ.
ޕިޔާރު މޭ ކަބީ ކަބީ" އާއި "ޝާދީ ކޭ ލައްޑޫ" އަދި "އެންތަނީ ކޯން ހޭ" ފަދަ ފިލްމުތަކަކީ ރާޖް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކެވެ.