ads
2020 ގެ ފެޝަން ޓްރެންޑުތައް: ގަދަ ކުލަތަކާއި ބޮޑެތި ދަބަސް!
ފެޝަންގެ ދުނިޔެއަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔެއެކެވެ. އެންމެ މަގްބޫލު ޓްރެންޑުތައް އަހަރުން އަހަރަށް ބަދަލުވަމުން ދެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއަހަރު ވެސް ވަރަށް ތަފާތު ކަންކަން ފެޝަންގެ ތެރެއިން ފެނިގެން ދާނެ އެވެ.
ފެޝަންގެ ދުނިޔެއަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔެއެކެވެ. އެންމެ މަގްބޫލު ޓްރެންޑުތައް އަހަރުން އަހަރަށް ބަދަލުވަމުން ދެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިއަހަރު ވެސް ވަރަށް ތަފާތު ކަންކަން ފެޝަންގެ ތެރެއިން ފެނިގެން ދާނެ އެވެ.

ނިއޯން

ނިއޯން ނުވަތަ ދިއްލިފައި ހުންނަ ކަހަލަ ކުލައެއްގައި ހުންނަ ހެދުންތައް ނިމުނު 2019 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ފެނިގެން ދިޔަ އެވެ. ސެޕްޓެމްބަރު 2019 ގެ ފެޝަން ވީކުގައި އޭގެ ގިނަ ޑިޒައިންތަކެއް ފެނުމުން، ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި މި ފެށުނު 2020 ވަނަ އަހަރު މިއީ ވަތަށް މަގްބޫލު ޓްރެންޑަކަށް ވާނެ އެވެ.



ކުލަ ގަދަ އޮމާން ލެދަރު

ލެދަރުން ހަދާފައި ހުންނަ އެކި ކުލަތަކުގެ ހެދުންތައް ވެސް މިދިޔަ އަހަރުގެ ސްޕިންގް 2020 ފެޝަން ޝޯތަކުގައި ފެނުނެވެ. އެކި "ރެއިންބޯ" ކުލަތަކުގެ ލެދަރު ހެދުން މި އަހަރު މަގްބޫލު ވާނެ ކަމަށް ބެލެވޭއިރު، ލަފާ ކުރެވޭ ގޮތުގައި މި އަހަރު އެންމެ ވައިގައި ހިފާނެ ޓްރެންޑަކީ ވީހާވެސް ބޮޑަށް "ކުލަގަދަވުމެވެ".



ބޮޑެތި ދަބަސް

ކޮންމެ ހެދުމަކާ އެކުވެސް އެންމެ ގުޅޭ "އެސެސަރީޒް" ބޭނުން ކުރުމަކީ އާދައެކެވެ. މިއަހަރަށް ލަފާ ކުރެވޭ ގޮތުގައި ހުރިހާ ހެދުމަކާ އެކުވެސް އެންމެ މަޝްހޫރު ވާނީ ބޮޑެތި "ހޭންޑް ބޭގެވެ". އެއް އަތުން ހިފައިގެން ގެންގުޅޭ، ނުވަތަ ކޮނޑުގައި އަޅުވާ ދަބަސް ނަމަވެސް، މި އަހަރު ވީ އެންމެ ބޮޑު ދަބަސް ގަތުމަށް ވިސްނާށެވެ.



ޓެންޖެރީން ނުވަތަ އޮރެންޖު ކުލަތައް

އަނެއްކާވެސް މި އޮތީ ކުލައިގެ ވާހަކަ އެވެ. ކުލަ ގަދަ އޮރެންޖެއް ހެން ހެދުން އެޅުމަކީ މި އަހަރު މަގްބޫލު ޓްރެންޑަކަށް ވާނެ ކަމަށް ބެލެވެ އެވެ. އާއްމުކޮށް ޓީޝާޓާއި، ސޯޓު ފަދަ ތަކެތީގައި އޮރެންޖު ކުލަ މި އަހަރު ގިނައިން ފެންނާނެ ކަމަށް ލަފާ ކުރެވެ އެވެ.



ރޯޒް ޕްރިންޓް

މިދިޔަ ދެ އަހަރަކީ ފްލޯރަލް ޕްރިންޓުގެ ހެދުންތައް މަގްބޫލު ދެ އަހަރެވެ. މި އަހަރު ވެސް މި ޓްރެންޑް ކުރިއަށް ދާނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ކޮންމެ ކޮންމެ މަލެއްގެ ބަދަލުގައި މި އަހަރު މަޝްހޫރު ވާނީ ފިނިފެންމަލުގެ ޕްރިންޓު ޑިޒައިން ހުންނަ ހެދުންތަކެވެ.



ޑިސްކޯ ގިރުވާން

އާދަޔާ ހިލާފަށް ބޮޑަށް ފާހަގަވާ ގޮތަށް ހުންނަ ގިރުވާންތައް މި އަހަރު މަގްބޫލު ވާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ހެދުމުގެ ކުލަ އާއި ގިރުވާނުގެ ކުލަ ތަފާތުކޮށްލުމާއި، ގިރުވާނުގެ ސައިޒު ބޮޑުކޮށްލުން ފަދަ ތަފާތު އުކުޅުތައް ޑިޒައިނަރުން ގެންގުޅޭނެ އެވެ.



ބަކެޓު ތޮތްޕާއި، ރޯނު ބެލްޓު



މި އަހަރު ފެންނާނެ "އެސެސަރީޒްތަކުގެ" ތެރޭގައި ރޯނުގެ ބައްޓަމަށް އެގޮތަށް ހުންނަ ބެލްޓާއި، "ބަކެޓް" ތޮފި ހިމެނެ އެވެ. ބެލްޓެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ޑިޒައިން ރީތިކޮށްލުމަށް ވެސް މި އަހަރު ރޯނުގެ ބައްޓަމަށް ހުންނަ ފޮތިކޮޅު އަދި ބެލްޓު ބޭނުން ކުރާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް