ads
މިދިޔަ އަހަރުގެ ތެރޭގައި ނައިބް ރައީސް އިމާދުއްދީން ސްކޫލަށް ވަޑަައިގެން ތަނުގެ ވެރިންނާއި ދަރިވަރުންނާއެކު--- ފޮޓޯ: ރައީސް އޮފީސް
ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް 4.1 ބިލިއަން ރުފިޔާ!
ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އަންނަ އަހަރަށް 4.1 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ޚަރަދުކުރަން ރާވާފައިވާ ފަހަރު ކަމަށެވެ.

ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މި ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިކަމުގެ ތެރެއިން 31 ރަށެއްގެ ސްކޫލު އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އާ ތިން ސްކޫލު ހިމެނެ އެވެ.

އަދި ހަމަ އެއާއެކު  ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، 2022 ވަނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށް ވެސް ވަނީ ބަޖެޓުން ޖާގަ ދީފައެވެ. އަދި ހުރިހާ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމަށް ފުރުސަތު ދިނުމުގެ ގޮތުން މިސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާއި، ހަޔަރ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލަޝިޕްތަކަށް މިއަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިހާތަނަށް 12،000 ކުދިންނަށް ހިލޭ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަން ފާހަގަކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް