ads
ޕްލާސްޓިކް ކޮތަޅުތަކެއް…
އަންނަ ޖޫން އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަނީ
އަންނަ އަހަރުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅަށް ނަގާ ޓެކުހުގެ ނަމުގައި އައު ޓެކުހެއް ތައާރަފު ކުރަން ނިންމައިފިއެވެ.

އެ ޓެކްސް ނަގަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ކޮންމެ ސައިޒެއްގެ ކޮތަޅެއް ނަމަވެސް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިރު ބަޖެޓުގައި ބުނެފައި ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ފޭސްއައުޓް ކުރުމުގެ ޕްލޭންގެ މަސައްކަތަކީ ސަރުކާރުގެ ފަރާތުން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ. 

އެކަމަށްޓަކައި އެންވަޔަރަމަންޓު މިނިސްޓްރީގެ ފަރާތުން މިދިޔަ އަހަރު އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި، މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ބައެއް ބާވަތްތަކުން ''ލެވީ'' އެއް ނުވަތަ ޓެކުހެއް ނެގުމަށް ރާވާފައިވާ ކަމަށެވެ.

އެންމެ ފާހަގަކުރެވޭ ބާވަތަކީ ޕްލާސްޓިކް ކޮތަޅު ކަމަށާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު މަދުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި މަގުބޫލު އެއް ސިޔާސަތަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ކޮތަޅަށް ނެގޭ ޓެކްސް ކަމަށް ހުށަހެޅި ބަޖެޓްގައި ބުނެފައިވާއިރު  ކޮތަޅަކަށް 1 ރުފިޔާ އާއި 4.50 ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޓެކުހެއް ގިނަ ގައުމުތަކުގައި ނަގާއިރު، އެފަދަ ގައުމުތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ 60 އިންސައްތަ އާއި 90 އިންސައްތައިގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް ވެސް ބަޖެޓުގައި ބުނެފައި ވެއެވެ.

ކޮތަޅުން ޓެކްސް ނަގައިގެން 47.7 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް