ދުނިޔޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ބައެއް ގައުމުތަކުން ތައިލޭންޑަށް ދާ މީހުން ކަރަންޓީންވާން ޖެހޭ ގޮތައް އެގައުމުގެ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެެވެ.
ގިނަ ދުވަސްވަންދެން ރާއްޖެ ތައިލޭންޑްގެ ކަރަންޓީން ވާންޖެހޭ ގައުމުތަކުގެ ލިސްޓުގައި އޮތުމަށް ފަހު އެގައުމުގެ ފޮރިން މިނިސްޓްރީ ވަނީ ރާއްޖެ ހިމެނޭހެން އިތުރު 17 ގައުމަކުން ކަރަންޓީނު ނުވެ އެގައުމަށް ދެވޭގޮތަށް ހަދައިފައެވެ.
އެއާއެކު ތައިލޭންޑަށް ކަރަންޓީން ނުވެ ދެވޭ ގައުމުތަކުގެ އަދަދު ވަނީ 52 އަށް އަރާފައެވެ.
ކަރަންޓީންވާން ނުޖެހުނަސް އެގައުމަށް ދާ މީހުން ޕީސީއާރު ނެގެޓިވް ނަތީއްޖާއެއް ބޭނުން ވާނެ އެވެ. އަދި އެގައުމަށް ކަރަންޓީނު ނުވެ ދާނަމަ ވެކްސިންވެސް ފުރިހަމަކުރަން ޖެހޭނެއެވެ.