
އެގޮތުން ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމި، މިހާރު ވަނީ ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރު ކުރެވިފައި ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ. މިއާއެކު މިހާރު ވަނީ ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ STW600، STW500، STW300 އަދި STW800. އެވެ.
ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް ތައާރަފު ކުރުން -- ފޮޓޯ : ސްޓެލްކޯ
މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.