
“ދަރަކަ”ނަން ދީފައިވާ އެ ސީރީޒަކީ ކަޒްމިކްގެ ފަރާތުން އާ ޑައިރެކްޓަރެއް ކަމަށްވާ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީޒެކެވެ.
ސީއެންއެމް އަށް ވާހަކަ ދައްކަމުން އިއްލެ ބުނީ، ކްރައިމް ތްރިލާއެއްގެ މައްޗަށް ހަދާފައިވާ އެ ސީރީޒަކީ އަށް އެޕިސޯޑު ހިމެނޭ ސީރީޒެއް ކަމަށެވެ.
“ދަރަކަ” ގެ މާ ގިނަ ތަފްސީލްތަކެއް އަދި މީޑިއާ ތަކަށް އަދި ހާމަކޮށްފައި ނުވި ނަމަވެސް ސީރީޒްގައި ފެންނާނެ ލީޑު ތަރިންނާއި ކާސްޓުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިއްލެ ބުންޏެވެ.
އިއްލެ އިތުރަށް ބުނީ ވޭތުވެ ދިޔަ ދެ މަސް ދުވަހު ކުރީ “ދަރަކަ” ގެ މަސައްކަތް ކަމަށާއި މިވަގުތު ސީރީޒް ސްޓްރީމް ކުރާނެ ޕާޓްނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިއްލެ ބުނީ، “ދަރަކަ” ސްޓްރީމް ކުރަން ބޭނުންވާ ފަރާތެއް ހުރި ނަމަ 7775677 ނަމްބަރަށް ގުޅުއްވުމަށެވެ.
“ބަވަތި” އިން ތަފާތު ދައްކައިލި އިއްލެގެ ތަފާތު މަސައްކަތްތަކެއް މިހާތަނަށް އައި އިރު ވަނީ ބެލުންތެރިންނަށް ފެނިފައެވެ. އިއްލެގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި “ނީނާ” އަދި “މިންޖު” ހިމެނެއެވެ.