ads
3 ޖުލައި 2020، މާލެ، ރޭޕް އަދި ޖިންސީ އަނިޔާތަކާ ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަން އިން އިސްނަގައިގެން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ؛ ވަން އޮންލައިން
ދަރިވަރުންނާއިއެކު ފާހާނާއަށް ދާނެ ހާއްސަ މީހަކު އައްޔަން ކުރަނީ
ބޭބީ ނާސަރީ އަދި ކީސްޓޭޖު ދަރިވަރުން ފާހާނާއަށް ދާއިރު އިތުރު ފަރާތަކާ ހަވާލު ކުރާނަމަ އެއީ ކޮން ފަރާތެއްކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލުތަކަށް އަންގައިފިއެވެ.

މިނިސްޓްރީން ހުރިހާ ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ވަނީ ސުކޫލުތަކުގެ ތެރޭގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރެވިފައިވުމަކީ ބެލެނިވެރިންނާއި މުޖުތަމަޢުގެ އިތުބާރު ސުކޫލުތަކަށް ލިބިދޭނޭ ކަމެއް ކަމަށެވެ. 

ހާއްސަކޮށް ބޭބީ ނާސަރީއާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކުލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭ ނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރު ރަނގަޅަށް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ ސާރކިއުލާގައި ބުނެފައިވެއެވެ. 

އަދި ސުކޫލުގައި ދަރިވަރުން ހޭދަ ކުރާ ހުރިހާ ވަގުތަކީ އެކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވާނޭ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނޭ ވަގުތުތަކެއް ކަމަށާއި ސުކޫލުތަކުގައި ކިޔަވައިދެމުންގެންދާ ބޭބީ ނާސަރީއާއި ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖްގެ (އެލްކޭޖީ އަދި ޔޫކޭޖީ) ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި ދަރިވަރުންނަށް ޒިންމާވާނެ ޓީޗަރަކު އެ ކުދިންނާ ހަވާލުވެ ހުރިކަން ސްކޫލްތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ބަދަލު މިގެނައީ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް މާލޭގެ ސްކޫލެއްގައި ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެންނެވެ. އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ގޯނާ ކޮށްފައި ވަނ ީކުއްޖާ ގޮވައިގެން ފާޚާނާއަށް ދިޔަ މަސައްކަތު އަންހެނެކެވެ.

އަދި މިއީ ނުވާކަމެއް ކަމުގައި ދައްކަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. 

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތަށް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެލޭ ގޮތް ލަސްވުމުން ގިނަ ބަޔަކު ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް