ads
އެވިޑް ކޮލެޖް ގެ ޗެއާމަން
އެވިޑް ކޮލެޖްގައި މާސްޓާ އޮފް ރިސަރޗް ސްޓަޑީޒް ކޯސް ފަށަނީ
އަންނަ އަހަރުގެ ޖެނުއަރީމަހު އެވިޑްއެކޮލެޖްގައި މާސްޓަރ އޮފް ރިސާޗް ސްޓަޑީޒް ކޯސް ފަށާނެކަމަށް އެވިޑް ކޮލެޖުން ބުނެފިއެވެ.

އެވިޑް ކޮލެޖްގެ މާސްޓާ އޮފް ރިސާޗް ސްޓަޑީޒް ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައިފާސްކޮށް ހިންގުމުގެ ހުއްދަ ދީފައިވާ ކޯހެކެވެ.  މިކޯހަކީ އެވިޑް ކޮލެޖްގައި މުޅިން އަލަށް ފަށާ ކޯހެކެވެ.

މިއަންނަ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެވިޑް ކޮލެޖްގައި މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ޗެއަރމަން އަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ މާސްޓަރ އޮފް ރިސާޗް ސްޓަޑީޒް ކޯހަކީ ތިން ސެމެސްޓަރ ނުވަތަ އެއްއަހަރުދުވަހުގެ މުއްދަތަށް ހިންގޭ ކޯހެއްކަމަށެވެ. 

މުސްތާގު ވިދާޅުވީ އެކޯހުގައި ސެމިނާ އަކާއި ޑިސަޓޭޝަނެއް ހިމެނޭގޮތަށް ޖުމުލަ އަށް މޮޑިއުލް ހިމަނާފައިވާނެކަމުގައެވެ. އެއިން ކޮންމެ މޮޑިއުލަކީވެސް ރިސާޗް ހެދުމަށް ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފައިދާކުރަނިވި މަޢުލޫމާތުތަކެއް އެކުލެވިގެންވާ މޮޑިއުލެކެވެ. ކޯހުގައި ހިމެނޭ މޮޑިއުލްތަކުގެ ތެރޭގައި ކޮންޓިޓޭޓިވް ރިސާޗް މެތަޑްސް އާއި ކޮލިޓޭޓިވް ރިސާޗް މެތަޑްސް ގެ އިތުރުން ސްޓެޓިސްޓިކްސް އާއި އިންފޮރމޭޝަން ޓެކްނޮލޮޖީ ފޯރ ރިސާޗް ފަދަ މުހިންމު މޮޑިލްތައްވެސް ހިމެނެއެވެ.

އެވިޑް ކޮލެޖްގެ އެހެން ކޯސްތަކެކޭ އެއްފަދައިން މާސްޓާ އޮފް ރިސާޗް ސްޓަޑީޒް ކޯހަކީވެސް ދަރިވަރުންނަށް އަތްފޯރާފަދަ އަގެއްގައި  ހިންގާ ކޯހެކެވެ. ކޯހުގައި ކިޔަވައިދޭނީ ފެންވަރު ރަނގަޅު ލެކްޗަރާއިންނެވެ.  ކިޔަވައިދެއްވާ ބޭފުޅުންނަކީ ދާއިރާއިން ޕީއެޗްޑީ ހާޞިލްކުރައްވާފައިވާ ބޭފުޅުން ނުވަތަ މާސްޓަރސް ކޮލިފިކޭޝަން އާއެކު ގިނަދުވަސްތަކެއް ވަންދެން ފީލްޑްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް