ads
އުނގޫފާރު މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ : އެމްޓީސީސީ
އުނގޫފާުރު މަގުހެދުމުގެ ދެވަނަ ފިޔަވައްސަށް 21.7 މިލިއަން!
ރ.އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް 21.7 މިލިއަން ރުފިޔާ ކަނޑައަޅައި އެ މަސައްކަތް އެމްޓީސީސީ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ޒީނިޔާ އަހްމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. 

އެ މަޝްރޫއު އެއް އަހަރުގެ ތެރޭގައި ނިންމުމަށް އެމްޓީސީއާ ހަވާލުކުރި އިރު އެ މަޝްރޫއުގެ ދަށުން އާ މަގުތަކެއްގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ.

އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުގެ އަގަކީ ޖުމްލަ 28.02 މިލިއަން ރުފިޔާއެވެ.

މިހާރު ނިމުމަކާއި ގާތްވެފައިވާ އެ މަަސައްކަތުގެ ވާހަކަ ފާހަގަ ކުރަމުން ދާދި ފަހުން އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް