ads
މުވައްޒަފުންތަކެއް ރައީސްއާ ވާހަކަ ދައްކަނީ: ފޮޓޯ ރައީސް އޮފީސް
ސިޔާސީ ކަމެއްގައި ބައިވެރި ވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭގޮތަށް ގަވައިދު އިސްލާހު ކޮށްފި
މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަ ރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އިތުރު އިންޒާރަކާނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވައިދު 2014 އަށް އިސްލާހު ގެނެސްފިއެވެ.

މިގަވައިދުގައި ތިންދަރަޖައެއްގެ ކުށްތައް ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން އަލަށް އިސްލާހުކުރި ޗެޕްޓަރު 28 ގެ ، 272 ވަނަ މާއްދާގެ ހ، ށ އަދި ނ ގައިވަނީ ސިޔާސީ ގޮތުން ކަމެއްގައި ގޮތް ނިންމައިފިނަމަ ވަގުތުން ވަޒީފާއިން ވަކި ކުރެވޭނެ ކަމަށެވެ. 

އިއްޔެ އާއްމުކުރި އެ އިސްލާހުގައިވާ ގޮތުން، އެއަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރެވޭތާ 60 ދުވަސްވާ ތާރީޚުން ފެށިގެންނެވެ.

ވަޒީފާއިން ވަކިކުރެވޭނެ ފަދަ ކުށްތައް ކަނޑައަޅާ އެމާއްދާގެ ހ ގައިވަނީ "މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން" އަދި ށ ގައިވަނީ "މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން. " އޭގެ އިތުރުން ނ ގައިވަނީ "މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅުން. " މިހެންނެވެ. 


އިސްލާހު ކުރެވުނު ގަވައިދުގައި ވަޒީފާއިން ވަކިކުރެވޭ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތައް

272.ވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތައް 

މި މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް މުވައްޒަފު ކޮށްފިނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. 

(ހ) މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަ ރަކާތެއްގައި ބައިވެރިވުން. 

(ށ) މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން. 

(ނ) މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅުން. 

(ރ) އިދާރާގެ ތެރޭގައި ބަދުއަޚުލާގީ ޢަމަލު ހިންގުމާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު ދެއްކުމާއި، ބެލުމާއި، ޖިންސީ ޝައުޤުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ނުވަތަ ޢަމަލެއް ހިންގުން. 

(ބ) ވަޒީފާ އަދާކުރާ މާޙައުލުގައި ނުރައްކާތެރި ޢަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން. 

(ޅ) މުވައްޒަފެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުން ނުވަތަ އިންޒާރުދިނުން. (ކ) މަސައްކަތަށް ހާޒިރުވިއިރު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުން. 

(އ) މަސައްކަތުގެ މާޙައުލުގައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތަކަށް ނުވަތަ އެހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުން. 

(ވ) ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން. 

(މ) ވިދި ވިދިގެން 7) ހަތެއް) ދުވަހަށް، ވަޒީފާއަށް ހާޒިރުނުވެ ހުރުން ނުވަތަ އަހަރު ދުވަހުގެ ތެރޭގައި 15) ފަނަރަ) ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރުން. 

(ފ) ޤާނޫނެއްގެ ދަށުން އެ ޤާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަޙުޤީޤުތަކަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2007/5) ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަން އިދާރީ މިންގަނޑުން ސާބިތުވުން. 

(ދ) މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއްވެދާނެ ފަދަ ޢަމަލެއް ކުރުން. 

(ތ) އޮފީސް މާޙައުލުގައި ރުހުމުގައިވިޔަސް އަދި ނުރުހުމުގައި ވިޔަސް ޖިންސީ ޢަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުން. 

(ލ) ޤާނޫނާއި ގަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަ ކުރުން، ދޫ ކުރުން، ބޭރު ކުރުން، ކޮޕީހެދުން، ރިކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުން. 

(ގ) ރަސްމީ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަ ޢުލޫމާތެއް، ނަހަމަގޮތުގައި ބޭނުންކުރުން


މިހާރުގެ ގަވައިދުގައި ވަގުތުން މުވައްޒަފުން ވަޒީފާއިން ވަކި ކުރެވޭނެ ހާލަތު

273 - ވަގުތުން ފިޔަވަޅު އެޅޭނެ ހާލަތު

މި މާއްދާގައި ބަޔާންކުރާ ކުށްތަކަށް ރިޢާޔަތްކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރާނީ ނޯޓިސް ދިނުމަކާ ނުލައެވެ. މި ހާލަތުގައި މި ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން ޢަމަލުކުރަން ވާނެއެވެ. ނަމަވެސް މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.

(ހ) މުވައްޒަފުގެ ކިބައިން އެއް ގޮތަކަށްވެސް ޚިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިއްމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުން.

(ށ) ވަޒީފާ ގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެނުން.

(ނ) ވަޒީފާ އަދާ ކުރާ މާޙައުލުގައި ނުރައްކާތެރި ޢަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން.

(ރ) މަސައްކަތަށް އައި އިރު ޤާނޫނުގައި ބަޔާންކުރެވިފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުން.

(ބ) މަސައްކަތުގެ މާޙައުލުގައި އެހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުން.

(ޅ) ސަރުކާރު މުދަލުން ވައްކަން ކުރުން.

(ކ) އެ މުވައްޒަފަކީ އެ މުވައްޒަފަކަށް ނުވަތަ އެހެން މުވައްޒަފުންނަށް ނުވަތަ އޮފީހަށް ހުރި ނުރައްކަލަކަށްވުން.

(އ) އޮފީހުގެ މުވައްޒަފުންގެ މެދުގައި މަޞްލަޙަތު ގެއްލޭފަދަ ބޮޑުކުށެއް ކުރުން ނުވަތަ އެފަދަ ބޮޑުކަމެއް ކުރުމުގެ ސަބަބުން އޮފީހުގެ އެހެން މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅުން.

(ވ) މުވައްޒަފެއްގެ މައްޗަށް ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެ ކުށުގެ އަދަބެއްގެ ގޮތުން ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭބަންދު ކުރުމަށް ޙުކުމް ކުރުން.

(މ) ޕްރޮބޭޝަންގެ މުއްދަތުގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް ގަސްތުގައި މަޤްބޫލު ސަބަބެއްނެތި މުވައްޒަފު ފުރިހަމަ ނު ކުރުން.

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
61%
ވަރަށް ސަލާމް
ކޮމެންޓްސް