ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ، ކޮންމެހެންބޭނުންވާ ބޭސް ނުހުންނަނަމަ ފިޔަވަޅު އަޅާނެ ފޮޓޯ މިހާރު
ކޮންމެހެން ހުންނަންޖެހޭ ބޭސްތައް ފާމަސީތަކުގައި ނެތްނަމަ ފިޔަވަޅު އަޅަނީ
ކޮންމެހެން ބޭނުންވާ ބޭސްތައް ފާމަސީގައި ބަހައްޓާފައި ނުވާނަމަ އެފާމަސީތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
Advertisement

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއިއުލާނުގައި އެޓޭޗް ކުރެވިފައިވާ ލިސްޓްގައިވާ ބޭސްތައް ފާމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ޤަވާއިދު ނަންބަރ: R-46/2014 އާއި ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު ނަންބަރ: 2015/29 ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. 

އޭގެ އިތުރުން ފާމަސީތަކުގައި ކޮންމެހެން ހުންނަންޖެހޭ ބޭސް ހުސްނުކޮށް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ  އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ ނުވަތަ ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާވެސް ދަނީ ލިބެމުންދާތީވެ، އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާރމަސީތަކަށް އިލްތިމާސް ކުރާ ކަމަށެވެ. 

"އެހެން ކަމުން މިއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި  ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގައި އާއްމުކޮށް އިޢުލާން ކުރަމެވެ. އަދި މި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން ( ޕީ އޯ އެމް ) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯ ޓީ ސީ ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި ވެސް ދެންނެވީމެވެ." ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިއުލާނުގައި ވއެވެ.

އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ( ބާކީ ހުރިވަރު އިނގޭ ގޮތަށް ) އެ އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެ ކަމަށްވެސް އާންމު ކޮށް ކޮށްފައިވާ އެއީއުލާނުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް