މިއަދު ވެސް ހިމަބިއްސަށް ހަ މީހަކު ޓެސްޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Advertisement
މިއަދު ވެސް ހިމަބިއްސަށް ހަ މީހަކު ޓެސްޓު ކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަަދު ހިމަބިއްސަށް ހަ މީހަކު ޓެސްޓު ކުރި އިރު އެއްވެސް މީހަކު ހިމަބިއްސަށް ޕޮސިޓިވްވެފައި ނުވާ ކަމަށެވެ.
ހިމަބިހި ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރުހީވެފައި މިވަނީ މި ބަލި ރާއްޖެއިން ނައްތާލިތާ ދޮޅު އަހަރު ފަހުން މިމަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކުއްޖަކު ރާއްޖެ އިން ފެނުމާ ގުޅިގެންނެވެ.
މިހާތަނަށް ދެ ކުޑަކުދިންނާއި ބޮޑު ދެމީހަކު ވަނީ ހިމަބިއްސަށް ޕްރޮޓިވް ވެފައެވެ.
ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.
ވެކްސިން ދީގެން ހިމަބިހިން ރައްކާތެރިވެވޭއިރު ހިމަބިއްސަށް ހާއްސަ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1979 ވަނަ އަހަރު އެވެ.