ads
އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހާ
ތަންފީޒީ އިދާރާތަކުގެ ދޯދިޔާކަން އެންމެ މީހެއްގެ އަމަލުތަކުން!
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި މީހަކު ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ގޮސްފި އެވެ. މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން އޭރު ބުނީ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީގެ މުވައްޒަފުންވެސް އިސްލާމީ މަރުކަޒުގައި އެދުވަހު ހަރަކާތްތެރި ވިއެވެ. 

އޭނާ އެކަން ކޮށްފައިވަނީ ނަމާދު ކުރަމުން ދިޔަ ދަނޑިވަޅެއްގައި ނަމާދު ކުރަން ތިބި ސަފު ފަޅާލުމަށް ފަހު އިމާމު މީހާ ހުންނަ ތަނާއި ހިސާބަށް ގޮސް ގިބުލައަށް ކަމަށާއި، އެކަން ކުރުމަށް ފަހު ވަގުތުން މިސްކިތުން އޭނާ ނިކުމެގެން ދިޔަ ކަމަށް ބުނީ އިސްލާމިކް މިނިސްޓްރީންނެވެ. އެތަނުގައި އެވަގުތު ތިބި މީހުންނާ ހަވާލާ ދީއެވެ. 

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިއަށްވުރެ ބޮޑު ގޯހެއް ހެދޭނެ ހެއްޔެވެ؟ 

ނުރަނގަޅު ވަރަށް ގިނަ ކަންކަން ކުރަން މިސްކިތްތައް ބޭނުން ކުރެއެވެ. ދާދިފަހުން މަސްތުގެ ހާލަތުގައި ތިބެ ނިދައި އަދި އެހެނިހެން ކަންކަން ކުރާތީ މީހުން މިސްކިތަކުން ނެރެ ފުލުހުންނާވެސް ހަވާލު ކޮށްފައިވެއެވެ. 

your imageއިސްލާ މަރުކަޒަށް ކުޑަކަމުދިޔަ މީހާ

ދެން އިވުނީ އެހެން ވާހަކައެކެވެ. އިސްލާމީ މަރުކަޒުގައި ނަމާދު ކުރަމުންދިޔަ ވަގުތެއްގައި މީހަކު ވަދެ ގިބުލައަށް ވާގޮތަށް އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔައީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން ބުނި ވާހަކައެވެ. ނުކުޅެދުންތެރިކަން ހުންނަމީހުން ގެންދާނެ ތަންތަން ސަރުކާރުން ހަދާފައި އެބަހުއްޓެވެ. 

މިކަމާއި ގުޅިގެން ދެން ފުލުހުން ބުނީ އާންމުކޮށް ފުލުހުން ބުނާ ވާހަކައެވެ. އެމައްސަލަ ބަލަމުންދާ ވާހަކައެވެ. 

ރައިސް އޮފީސް ކުރިމައްޗަށާއި، މިސްކިތްތަކަށް އޭނާ ދިޔައީ ކުޑަކަމު ދަމުންނެވެ. ފުރަ މާލޭގައެވެ. ހުރިހާ މުއައްސަސާ ތަކެއް ހަމައަށް ހުއްޓައެވެ. އެހެންނަމަވެސް އޭނާ ބެދޭ މަޅިއެއް މިފަހަރު ނުފެނުނީ މުއައްސަސާ ތަކަށެވެ. މަޅިގައި ބެދުނީ މުއައްސަސާތަކެވެ. އޭނާ ވީ މިނިވަނެވެ. 

އެހެން ނަމަވެސް އޭނާގެ ސަބަބުން މުޖުތަަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ، ޝަރުތު ތަކާ އެކު ވެސް އޭނާ ބަންދުން ދޫނުކުރަން ވެސް ނިންމިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށާއި، މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ އިތުރުން، އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެހެންކަމުން ޝަރުތު ކޮށްފައި ވެސް އޭނާ ދޫކޮށްލަން ފުލުހުން ވަނީ ކޯޓުގައި ދެކޮޅު ހަދާފައެވެ. 

އެހެންވެ ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ އިތުރު 10 ދުވަހަށް ބަންދު ކުރުމަށެވެ. 

އެހެން ނަމަވެސް ހައްޔަރުކޮށްފައި ހުރި މީހާގެ މައްޗަށް ދައުވާކުރަން ފީޖީ އޮފީހަށް ފޮނުވުމަށް ފަހު އޭނާވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ އޮކްޓޫބަރު 24 ގައެވެ. އޭނާ ދޫކޮށްލާފައިވާއިރު މިދިޔަ މަަހުގެ 11 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ފުލުހުން އެދިގެންނެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެދުވަހުގެ އަޑުއެހުމުގައި ފުލުހުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށާއި، މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެތީ ޝަރުތަކާއިއެކުވެސް ބަންދުން ދޫނުކުރުމަށް އެދިފައެވެ. އޭގެ އިތުރުން، އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ފުލުހުން އެދުވަހު ބުނެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެހެންކަމުން ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ފުލުހުން އޭރު ދެކޮޅު ހެދިއެވެ. އޭނާގެ ބަންދަށް 10 ދުވަސް އެދުވަހު ޖެހީ އެހެންވެގެންނެވެ.

ނަމަވެސް ފުލުހުން ފަހުން ސީއެންއެމްއަށް ބުނީ އެކަހަލަ އެއްވެސް ވާހަކައެއް ކޯޓުގައި ފުލުހުން ބުނެފައި ނުވާނެ ކަމަށެވެ. އަދި އެމީހާއަކީ ނުރައްކަލެއް އޮތް މީހެއް ކަމަށްވެސް ބުނެފައި ނުވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެމީހާގެ މައްސަލަ ފެންމަތިވުމުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެކަމުގެ ތަފްސީލްތައް ސާފުކުރުމަށް ފަހު ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ފުލުހުންގެ ފަރާތުން ބުނެފައެއް ނުވެއެވެ. 

މީގެ ދެތިން ދުވަސް ކުރިން ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯ އަކުން ފެނުނީ އަންހެނަކަށް ފުރައްސާރަ ކޮށްގެން ބަޔަކު އޭނާއަށް ނަސޭހަތްދޭ މަންޒަރެވެ. އިއްޔެ އިވުނީ އަނެއްކާވެސް މުޅިން އެހެން އަޑެކެވެ. ހަތިމަށް ކުޅު ޖެހި ވާހަކައެވެ. މާލޭ މަސްޖިދުލް އިބްރާހީމް މިސްކިތަށް އަރައި ހަތިމަކަށް ކުޅު ޖެހި ވާހަކައެވެ.

މީހަކު ބަންދުކޮށް އެމީހަކު ހުންނަންޖެހޭ މަގާމަކަށް ގެންދެވޭނީ ކިހާވަރަކަށް މުޖުތަމައުއަށް ގެއްލުން ލިބުނީމަ ހެއްޔެވެ؟ ކުށްވެރިން އެކިއެކި ލޫޕްހޯލްތަކުން, ނުވަތަ ނުފޫޒުން ސަލާމަތްވަމުންދާ މަންޒަރަކީ ދުވަހުން ދުވަހަށް ތަކުރާރު ވަމުންދާ މަންޒަރެކެވެ. އެންމެ މީހަކު ހަރަކާތްތެރިވާ މަންޒަރު ބަލާލިޔަސް ދައުލަތުގެ މުއައްސަސާ ތަކުގެ ހަރަކާތްތެރިކަން ފެނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް