މިއަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އޮތޯރަޓީއަށް ރިޕޯޓުކޮށްފައިވާ އެކި ބާވަތުގެ ގެވެށި އަނިޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ކައިވެނިކޮށްގެން މިހާރު އުޅޭ، ނުވަތަ ކުރިން އިން މީހާގެ ފަރާތުން ގެވެށި އަނިޔާ ލިބިގެންނެވެ.
މިފަދަ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެނުންގެ ފަރާތުންނެވެ. މިފަަދަ 713 މައްސަލަ ހުށަހެޅިފައިވެއެވެ.
އޭގެތެރޭގައި:
ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ފަރާތުން އަނިޔާ ލިބިގެންނެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިޔާ އަނިޔާކޮށްގެން 454 މައްސަލަ ހުށަހަޅާފައި ވެ އެވެ.
އޭގެ ތެރޭގައި:
މި މުއްދަތުގެ ތެރޭގައި އަނިޔާ ލިބުނު މީހުންގެ އަދަދު 610 އަށް އަރައެވެ. އެއީ 454 އަންހެނުންނާއި، 142 ފިރިހެނުންނެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ 123 ކުޑަކުދިން ހިމެނެއެވެ. އަދި ޖިންސުގެ މައުލޫމާތު ލިބިފައި ނުވާ 14 މީހުން ހިމެނެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ ގިނަ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ މާލޭ ސަރަހައްދުންނެވެ. އެގޮތުން ގެވެށި އަނިޔާގެ 90 އިންސައްތަ ރިޕޯޓު ކުރަނީ މާލޭ ސަރަހައްދުންނެވެ.