ads
ޑެރެން ވިލިއަމްސް——
އެމްއޭސީއެލްގެ ސީއޯއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ އާ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިނގިރޭސި ވިލާތަށް ނިސްބަތްވާ ޑެރެން ވިލިއަމްސް ހަމަޖައްސައިފި އެވެ.

އެއާޕޯޓް އޮޕަރޭޝަންސްއިން 20 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ، ވިލިއަމްސް އެމްއޭސީއެލްގެ ސީއޯއޯގެ މަގާމަށް އައްޔަންކުރައްވާފައިވާތީ މިއަދު ވަނީ އޮފީހަށް ނިކުމެވެވަޑައިގެންފައެވެ.

އޭނާ އެމްއޭސީއެލްއާއި ގުޅިވަޑައިމިގަތީ 10 އަހަރު ވަންދެން ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓު "ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު"ގައި އެއާސައިޑް އޮޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު އެވެ. 

އެމްއޭސީއެލްގެ ސީއޯއޯގެ ގޮތުގައި އޭނާއާއި ހަވާލުވެފައިވާ ޒިންމާއަކީ އެ ކުންފުނީގެ އޮޕަރޭޝަން އެފިޝިއަންސީ ކުރިއެރުވުމާއި، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. އަދި އޮޕަރޭޝަނަލް ރީޑިނެސް އެންޑް އެއަޕޯޓް ޓްރާންސްފާ(އޯއާރްއޭޓީ) ޓީމުގެ މަސައްކަތްތައް ގާތުން ބަލައި އެޓީމާއި ގާތުން ވިިލިއަމްސް މަސައްކަތް ކުރައްވާނެއެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އޮޕަރޭޝަންގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓާވާނީވެސް އޭނާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް