ads
ނޯރާގެ އާ ލަވަ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން…
ނޯރާގެ ފޯރިގަދަ “ކުސޫ ކުސޫ “ ބަލައިފިންތަ؟
ބޮލީވުޑަށް ތައާރަފްވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ނެށުންތެރިޔާ ނޯރާ ފަތެހީ އާ ލަވަ “ކުސޫ ކުސޫ” އަށް ގިނަ ބައެއް ތައުރީފާއި ތަރުހީބު ލިބިއްޖެއެވެ.

މި ލަވަ އަކީ “ސަތިޔަމޭވް ޖަޔަތޭ” ގެ ދެވަނަ ބައިގައި ހިމެނޭ ފޯރިގަދަ އައިޓަމް ސޯންގް އެކެވެ.

މޮޅު އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ފުރަތަމަ ބައިގައި ވެސް ނޯރާ ގެ “ދިލްބަރް ދިލްބަރް” ލަވަ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ލަވަ އަށް ބޮޑު ތަރުހީބެއް ލިބި މިއަދާ ޖެހެންދެންވެސް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދާފައިވެއެވެ.

“ސަތިޔަމޭވް ޖަޔަތޭ 2” ގައި ހިމެނޭ “ކުސޫ ކުސޫ” ލަވަ ވެސް ރިލީޒްކުރިތާ މާ ގިނަ އިރެއް ނުވެ ހިޓްވާން ފަށައިފިއެވެ. މިހާތަނަށް އައި އިރު ޔޫޓިއުބް މެދުވެރިކޮށް 17 މިލިއަނަށް ވުރެއް ގިނަ މީހުން އެ ލަވަ ބަލާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ތާނިޝްކް ބަގްޗީ މިއުޒިކް ތައްޔާރުކޮށްފައިވާ އެ ލަވަ ކިޔާފައިވަނީ ޒަހްރަހް އާއި ދޭވް ނެގި އެވެ.

ގިނަ ބައެއްގެ ތަރުހީބު މިހާރުވެސް އެ ލަވަ އަށް ލިބެމުންދާއިރު ނޯރާގެ ރިލީޒްވާ ކޮންމެ ލަވަ އަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޖޯން އާއެކު ދިވްޔާ ހޯޝްލީ ލީޑުން ފެނިގެންދާނެ “ސަތިޔަމޭވް ޖަޔަތޭ 2 “ ބެލުންތެރިންނާއި ހިސާބަށް ގެނެސްދެން ތައްޔާރުވަމުންދަނީ މި މަހުގެ 25 ގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް