ads
ރައީސް ސޯލިހު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ސިވިލް ސާވަންޓުން ވަކިބަޔަކަށް ސިޔާސީ ގުލާނު ކޮށްދޭކަށް ނުޖެހޭ: ރައީސް
ސިވިލް ސާވަންޓުންނަކީ ވަކިބަޔަކަށް ސިޔާސީ ގުލާނު ކޮށްދޭން ޖެހޭ ބައެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދެން. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ" ރޭ ގައުމީދުވަހުގެ މުނާސަބަތުގައި ރައީސް ގައުމަ މުހާތަބު ކުރައްވައި ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް ކަމަށާއި، އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށެވެ.

ސިވިލް ސާރވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރައްވަންޖެހޭނެހާވެސް ކަމަކީ، ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް، އޭގެގޮތުގައި ތަންފީޒު ކުރެއްވުން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ޤައުމީ ޚިދުމަތުގެ ފައުޖު ކަމަށެވެ. 

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 117 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ރޭ ވަނީ ދެއްވާފައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގަައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ފަސް ބޭފުޅަކު ހިމެނިވަޑައިގަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް