ads
ރިއާ ޗަކްރަބޯޓީ
އަހަރަކަށް ފަހު ރިއާގެ އެކައުންޓް ބޭނުންކުރުމުގެ ހުއްދަ ދީފި
ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރި ރިއާ ޗަކްރަބޯޓީގެ ބޭންކް އެކައުންޓް ފްރީޒްކޮށްފައި ހުރުމަށް ފަހު، އެކައުންޓް އަލުން ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

ރިއާގެ އެކައުންޓް ފްރީޒް ކޮށްފައި ވަނީ ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕްތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ރިއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 

ރިއާގެ ބޭންކް އެކައުންޓްގެ އިތުރުން ރިއާގެ ލެޕްޓޮޕް އަދި ފޯންވެސް ދޫކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އިންވެސްޓިގޭޝަން ނުނިމެނީސް ލެޕްޓޮޕް އަދި ފޯނު ވިއްކާ ނުލުމަށާއި، ނައްތާނުލުމަށް ކޯޓުން ވަނީ ރިއާގެ މައްޗައް އަމުރު ކޮށްފައެވެ.

ގާތްގަނޑަކަށް 14 މަސް ދުވަހަށް ފަހު ރިއާގެ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ހުއްދަ ކޯޓުން ދޫކޮށްފައި ވަނީ، އޭނާގެ އެކައުންޓް ބޭނުންކުރުމުގެ ހުއްދައަކަށް އެދި ހުށަހަޅާފައި ވަނިކޮށެވެ. އަދި މިހުށައެޅުމުގައި ރިއާ ވަނީ، އޭނާގެ އެކައުންޓް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ "އެންސީބީ" އިން ފްރީޒް ކޮށްފައި ވަނީ އެއްވެސް ސަބަބެއް ނެތި ކަމަށް ބުނެފައެވެ. 

މީގެ އިތުރުން އެކައުންޓް ފްރީޒް ކުރުމުގެ ސަބަބުން ދިމާވާ ދަތިތައްވެސް ރިއާ ވަނީ ކޯޓަށް ހުށަޅާފައެވެ. އެގޮތުން ޓެކްސް ދެއްކުމުގު އިތުރުން އޭނާގެ މުަވައްޒަފުންނަށް މުސާރަ ދިނުމުގައި ވެސް އުދަގޫތައް ދިމާވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. 

މި މައްސަލައިގެ ތަހުގީގަށް ރިއަ ވަނީ މީގެ ކުރިން 28 ދުވަހުގެ މުއަދަތަކަށް ހައްޔަރުވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް