އެމީހާ ހާލުދެރަވެގެން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ސާލިމް އަލީ "ސީއެންއެމް" އަށް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށާއި މަރުވި ސަބަބެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.
ސާލިމް ވިދާޅުވީ 34 އަހަރުގެ އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެނައީ މިއަދު ހަވީރު 17:30 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ރިސޯޓަށް ފޮނުވާލާފައިވާކަމަށްވެސް ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި އޭނާ މަރުވެފައިވަނީ ގެނބިގެންނެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.