ads
މިއުޒީޝަންސް ޔޫނިއަންގެ ނައިބުރައީސް އިސްތިއުފާ ދެއްވައިފި
މިއުޒީޝަންސް ޔޫނިއަންގެ ނައިބް ރައީސް އިސްތިއުފާ ދެއްވައިފި
މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނައިބްރައީސް މަހްރާން މުހަންމަދު މާޖިދު ޔޫނިއަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ  1 ނޮވެމްބަރު 2021 ގައި ކަމަށް ޔޫނިއަނުން ބުނެއެވެ. 

 ޔޫނިއަން އުފެއްދުމުގައި މުއައްސިސެއްގެ ހައިސިއްޔަތުން މަހްރާން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ. އަދި ޔޫނިއަން ކުރި އެރުވުމަށްޓަކައި ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި، މަހްރާން ކޮއްދެއްވާފައިވާ އެންމެހާ ކަމަކަށް ޔޫނިއަންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށްވެސް އެ ޔޫނިއަނުން ބުނެއެވެ.

"އެއްވެސް ކޮންފްލިކްޓެއް އުފެދިގެނެއް ނޫން އިސްތިއުފާ ދެއްވީ .މިވަގުތަށް އެންމެ އެކަށީގެންވާ ގޮތަށް ވަގުތު ނުދެއްވޭނެތީ އިސްތިއުފާ ދެއްވީ" ޔޫނިއަންގެ ސޮްޕޯކްސް ޕާސަން އައިނާ ހަންނާނު ވިދާޅުވިއެވެ.

ނައިބު ރައިސް ކަމުން މަހްރާން އިސްތިއުފާ ދެއްވުމާއިއެކު ހުސްވި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން، ޔޫނިއަންގެ އީ-މެއިލް އެޑްސް ([email protected]) އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ހުސްވި މަގާމުގެ އިންތިހާބު، އެންމެ އަވަހަށް ބޭއްވޭ އަހަރީ އާންމު ޖަލްސާގައި ކުރިއަށް ގެންދެވޭނެކަމަށް ޔޫނިއަންއިން އުންމީދުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް