އެމްޑީޕީން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން މަޖިލީސް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒަކީ ވިދާޅުވީ "ކޮބާ ކޮބާ މަގޭ ފްލެޓް ކޮބާ ކޮބާ މަގޭ ގޯތި" ނަމުގައި މި މަހުގެ 31 ވަނަ ދުވަހު ބޮޑު އެއްވުމެއް އޮންނާނެ ކަމަށާއި އެ އެއްވުމަކީ މި ސަރުކާރުން ރައްޔިތުންނައް ލިބިފައިވާ ގޯއްޗާއި ފްލެޓްތައް ހިފައްހަޓައިގެން ހިންގާ ނާއިންސާފު ހުއްޓުވުމަށް ކުރިޔަށް ގެންދާ އެއްވުމެއް ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ މި އެއްވުން ކުރިޔަށް ދާނީ އަލިމަސް ކާނިވަލް ސަރަހައްދުގައި ކަމަށާއި މި އެއްވުމަކީ ނޮވެމްބަރު 17 ގެ މުޒާހަރާ އަށް ތައްޔާރުވުމަށް ކުރިޔަށް ގެންދާ އެއްވުމެއް ކަމަށެވެ.
ކޮންމެ ފަހަރަކު މިފަދަ ބޮޑު ހަރަކާތެއް ހިންގަން އެމްޑީޕީން ނިންމާ އިރަށް ރައީސް ޑރ. އެތަށް ބައިވަރު ވައުދުތަކެއް ވަމުންދާ ކަމަށް ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ މި ފަދަ ވައުދުތަކަކީ ސަރުކާރުން ފުއްދާނެ ވައުދުތަކެއް ނޫން ކަމަށެވެ
އޭނާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މިދިޔަ ސަރުކާރުން ކޮވިޑް ނުރައްކާތެރި ދުވަސްވަރުވެސް އެ ބޭފުޅުން ވައުދުވީ ވަރަށް ވުރެންވެސް މާ ފުރިހަމަޔަށް އެ ވައުދު ފުއްދަން މަސައްކަތް ކޮށްފައިވާ ކަމަށާއި މިދިޔަ ސަރުކާރު ނިމިގެން ދިޔަ އިރު 2 ލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދީފައިވީ ނަމަވެސް މި ސަރުކާރުން އަދިވެސް އެ ގޯތިތައް ރައްޔިތުންނާއި ހަވާލުކޮށްފައި ނުވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމުގަ އެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން ގޯތި ދޫކުރަން ނިންމާފައި ހުރި ތަންތަން ހިއްކާ އަދި އަސާސީ ހިދުމަތްތައް ދެވޭނެ ވަރަށް ތަރައްގީ ކުރުމަށް 300 މިލިއަން ޑޮލަރު ވަރު ހަރަދުވާ އިރު 600 މިލިއަން ޑޮލަރު ދީގެން މި ސަރުކާރުން ހިއްކަން މަސައްކަތް ކުރަމުން އަންނަ ފުށި ދިއްގަރު ފަޅު ހިއްކުމަކީ މިވަގުތު ރާއްޖެ މިއޮތް އިގްތިސާދީ ހަލާތާއި ނުބައްދަލުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.