ads
އައްޑޫ
އައްޑޫ ގެއަކުން ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ
އައްޑޫ ހިތަދޫގެ ގެއެއް ތެރޭ ދެމަފިރިން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިންގެ ހަށިގަނޑު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ދެ މީހެއްގެ ހަށިގަނޑު ފެނުނީ ހިތަދޫ ކްރޭންގެއިންނެވެ. އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއެކެވެ. 

އެ ދެމަފިރިން އެ ގެ ހަދައިގެން ބަދަލުވީ ވަރަށް ފަހުން ކަމަށް ވެ އެވެ.

ފުލުހުން މީޑިއާތަކާ ދެންމެ ހިއްސާކުރި މެސެޖެއްގައި ވަނީ، ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ދެ މީހުންގެ މަރާ ގުޅޭ ގޮތުން އެ މުއައްސަސާއިން ވެސް މިހާތަނަށް އިތުރު މައުލޫމާތެއް ހިއްސައެއް ނުކުރެއެވެ.

11%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް