ads
އއ. މަތިވެރި--
މަތިވެރި ސުކޫލުގެ އިނގިރޭސި ޓީޗަރު ފިލައިފި
އއ މަތިވެރި ސުކޫލުގައި އިނގިރޭސި ކިޔަވައިދޭ ޓީޗަރެއް ސުކޫލަށް ނާންގާ ރަށުން ފައިބައިފިއެވެ.
Advertisement

މަތިވެރި ސުކޫލުގެ ލީޑިން ޓީޗާރ ހަސަން ހަމީދު ސީއެންްއެމް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ސްކޫލުގެ ގުރޭޑު 5 ން 6 އަށް އިނގިރޭސި ކިޔަވައިދޭ ބޭރު ޓީޗަރު ފުރުމުގެ އެއް ދުވަސް ކުރިން ޓީޗަރާއި ބައްދަލުވި ކަމަށާއި ރިޒައިން ކުރަން ބޭނުންވާ ވަހަކަ ބުނި ކަމަށެވެ. 

"ސަބަބަކަށް ދެއްކެވީ ކޮމިއުނިޓީގެ މައްސަލަތަކެއްގެ ވާހަކަ. އެރޭ އަޅުގަނޑު ކައިރީ އެއްބަސްވި މަޑު ކުރާނެ ކަމަށް. ވަރަށް ބެލިން ވިސްނާދެވޭތޯ. ސުކޫލަށާއި ކުދިންގެ ކިޔެވުމަށް ބުރޫ އަރާނެ ވާހަކަ ބުނިން،" ހަސަން ހަމީދު ވިދާޅުވިއެވެ. 

އާދިއްތަ ދުވަހު ސުކޫލަށް ހާޒިރު ނުވުމުން ގުޅިކަމަށާއި ފޯނު ނުނަގާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އިތުރު މީހެއްގެ ފަރާތުން މާލެ ދިޔަކަމުގެ މައުލޫމާތު ލިބިގެން މިނިސްޓްރީއަށް ވަގުތުން އެންގިކަމަށް ހަމީދު ވިދާޅުވިއެވެ. 

"އެވަގުުތު މިނިސްޓްރީއަށް ވެސް އެ ޓީޗަރު ގޮސްފައިވާކަން އެނގުނު. މިނިސްޓްރީގައިވެސް ބުނެފައިވަނީ ހަމަ އަޅުގަނޑު ކައިރި ކުރި ޝަކުވާތައް. ޓީޗަރުންގެ ގާނޫނުގައި އިންނަ ގޮތުން ޓީޗަރުން  3 މަސް ކުރިން ނޯޓިސް ދިނުމަށް ފަހު ދިޔުމަށް އިންނާނެ،" ހަމީދު އިތުރަށް ވިދާޅުވި އެވެ. 

ހަމީދު ވިދާޅުވީ ގާތްގަނޑަކަށް 238 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދާ އެ ސްކޫލުގައި ކިޔަަވައިދެމުންދިޔަ ބޭރު ޓިޗަރުގެ ހުރިހާ ކަމެއް އެ ގޮތަށް ހިނގާފައިވަނިކޮށް ރޭގެ ވަގުތެެއްގައި ރިޒައިން ލެޓާރ ފޮނުވާފައިވާކަމަށެވެ.

މަތިވެރި ސުކޫލުގެ ކީ ސްޓޭޖްގެ ބެލެނެވެރިންވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކޮށްފައިވަނީ އެއްޓީޗަރަކު މާގިނައިން ސަލާމް ބުނެ ސުކޫލަށް ހާޒިރު ނުވާތީ ކުދިންގެ ކިޔެވުމަށް ބުރޫ އަރާތީކަމަށް ބުނެ އެވެ. އެ ޓީޗަރަށްވަނީ ނޯޓިސް ދިނުމަށް ފަހު ފިޔަަވަޅު އަޅާފައިކަމަށް އޭނާ ވިދާޅުވި އެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް