ads
ކޮޕީ ރަޝީދުުގެ ތައުޒިޔާ ދަފްތަރުގައި ރައީސް ސޮއި ކުރައްވަނީ.. ފޮޓޯ/ރައީސް އޮފީސް
ކޮޕީ ރަޝީދުގެ ތައުޒިޔާގެ ދަފްތަރަށް ރައީސްގެ ސޮއި!
ތަފާތު އެކި ފަންނުތަކަށާއި، ދިވެހި އަދަބީ ރޮނގުތަކުން ހާއްސަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަލްމަރްހޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި އަލްމަރްހޫމް ކޮޕީ މުހައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި ދިވެހި މުޖުތަމައަށް ވަރަށް އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ލިޔުއްވާފައި ވެއެވެ.

އޭގެ އިތުރުން އެބޭފުޅާ ދިވެހި ގައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައި ކަމަށާއި  އަލްމަރްހޫމް ކޮޕީ މުހައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ގައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސް ވަނީ  ބަޔާންކުރައްވާފައެވެ.

އެ ބަޔާން  ނިންމާލައްވަމަުން ރައީސް ވަނީ އަލްމަރްހޫމް ކޮޕީ މުހައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަހުމަތާއި ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވައި، އެބޭފުޅާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާފައެވެ.

ކޮޕީ ރަޝީދު އަވަހާރަވީ ދެވަނަ ފަހަރަށް ޖެހުނު ސްޓްރޯކެއްގައި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކޮޕީ ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް އެކުލަވާލާ ސޮއި ކުރަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދަފްތަރުގައި ފުރަތަމަ ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގުއެވެ. 

އެ ދަފްތަރުގައި ކޮޕީ ރަޝީދުގެ އާއިލާގެ ބޭފުޅުންނާއި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ އިތުރުން ސަރުކާރުގެ މަތީ ވެރިން ވަނީ ސޮއިކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް