ads
މަހުމޫދު މަރާލި ކަމަށް ބުނާ ސާލިމް.. ފޮޓޯ މިހާރު ނޫސް
މަހުމޫދު މަރާލި ބިދޭސީ މީހާ ޝަރީއަށް ނިމެންދެން، ބަންދަށް
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
Advertisement

މަހުމޫދުގެ މަރާ ގުޅިގެން ހަމައެކަނި ހައްޔަރު ކުރި މީހާ އުމުރުން 29 އަހަރުގެ ބަނގްލަދޭޝްއަށް ނިސްބަތްވާ ޝާ އޮލަމް މިއާގެ ބަންދަށް މި މަހުގެ އެއް ވަނަ ދުވަހު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން ބުނެފައިވަނީ މައްސަލަ ނިމެންދެން އަނެއްކާވެސް ޝާ އޮލަމް މިއާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަަމަށާއި އެ މައްސަލައިގެ ތަހުގީގުގައި މިހާރު ފުލުހުން ކުރަމުންދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ފަހުގެ މަސައްކަތްތައް ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް އަންނަ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން މަހުމޫދުގެ މަރާލި ކަމުގެ ތުުހުމަތުގައި ހައްޔަރު ކުރި ސާލިމްގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އެކަމާއި ގުޅޭ ގޮތުން މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ޕްރެސް ބްރީފިންއެއް ވެސް ބާއްވާނެ ކަމަށް ފުލުހުން ބުނެއެވެ.

މަހުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަޙުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ.  

މަހުމޫދު މަރާލާ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ މަހުގެ  14 ވަނަ ދުވަހުއެވެ. މަހުމޫދު ހަށިގަނޑަަށް ވަޅިން ހަމަލަދީ ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.

އެމީހާ ބުނި ގޮތުގައި ޝާ އޮލަމް މިއާ ދިރިއުޅޭ ގެއިން އެ ރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ޝާ އޮލަމް މިއާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ.

މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ޝާ އޮލަމް މިއާ ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ.

މި މައްސަލާގައި ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި މި މީހާ މަހުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް މީމީހާ އެކަނި ގޮހެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް