މިފަދަ ގޮތަކަށް ލޯބީގެ ދަތުރު ނިންމާލަން ޖެހުމުން ދެން އަނެއްކާވެސް ތެދުވެރި ވަފާތެރިއެއް ހޯދުމަށް މަސައްކަތް ކުރެވެއެވެ. ނަމަވެސް މަދުން ނަމަވެސް ބޭވަފާތެރިވި ބައިވެރިޔާ އަނބުރާ އަންނަަ ވާހަކަ އިވެއެވެ.
ބޭވަފާތެރިޔަކު އެނބުރި ތިމާގެ ހަޔާތަށް އަތުވެއްޖެނަމަ އެމީހަކަށް ދެވަނަ ފުރުސަތެއް ދޭނަން ހެއްޔެވެ؟ މި ހާލަތުގައި އަސްލު ގާތް މީހުންގެ ލަފަޔާ އިރުޝާދު ހޯދަން ވާނެ ދޯއެވެ.
ބޭވަފާތެރިޔާ ވާނީ ހަމަ އޭނާއަށް! ގާތްވާން ހެޔޮ ވެސް ނުވާނެ!
ލޯތްބަށް އިހުތިރާމް ނުކުރެވުނު އިރު ބޭވަފާތެރިވި މީހާގެ އަށް އަލުން ދެވަނަ ފުރުސަތެއް ދޭން ގިނަ މީހުން ބޭނުމެއް ނުވެއެވެ.
ބައެއް މީހުން ބުނާ ގޮތުގައި އެމީހާ ވާނީ ހަމަ އެމީހާއަށެވެ. އެހެން ކަމުން ގިނަ މީހުން ބޭވަފާތެރިންނަށް ކިޔަނީ އުމުރަށް ސަލާމެވެ.
ތިމާ ލޯބިވީވަރު ހިތަށް ނަގައި ނުގަނެވުނު ހާލު ތެދުވެރި ނުވެވުން މީހަކަށް ދެވަނަ ފުރުސަތު ދޭން ގިނަ މީހުންގެ ހިތެއް ނޭދެއެވެ. ސަބަބަކީ އުފަލާއި ހުރިހާ ވަގުތެއް ދީގެން އުޅުނު އިރުވެސް އަނެކާގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ނޭންގުމުންނެވެ.
އަނބުރާ އަންނަ އިރު މީހާ ބަދަލު ވެސް ވެދާނެ!
ބޭވަފާތެރިން އަނބުރާ އައިސްފަ ވެސް އެބަ ހުއްޓެވެ. ތެދެކެވެ. އިންސާނުންނަކީ ބަދަލުވާ ބައެވެ. އަމަލުތަކާއި އުޅުން ވެސް ބަދަލުވެއެވެ.
ދިރިއުޅުމުގައި ތިމާ ދެކެ ލޯބި ވީ މީހަކަށް އޮޅުވާލައި ބޭވަފާތެރިވެވުނު ކަން ގަބޫލުކޮށް މައާފަށް އެދި ތަކުރާރު ނުކުރާނެ ކަން ކަށަވަރު ވަނީ ނަމަ ދެވަނަ ފުރުސަތެއް ވެސް ދެވިދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެގޮތަށް ދެވަނަ ފަހަރު ފުރުސަތުދީ އަލުން ގުޅުނު ދެ ހިތްތައް ވެސް ހަމަ ފުދޭވަރަކަށް ގިނަ އެވެ.
މި ލިޔުމުގައި ކަންތައް ވާ ދެ ގޮތެއް ކުރުގޮތަކަަށް ހާމަކޮށްފައި އޮތް ނަމަވެސް އެފަދަ ދަނޑިވަޅެއްގައި ކަންތައް ކުރާނެ ރަނގަޅު ގޮތެއް ހަމަ އިނގޭނީ އެމީހަކަށެވެ.
އަޅެ ބުނެބަލާށެވެ. ތިމާ ޖާނުން ފިދާވެ ލޯބިވި ބައިވެރިޔާ، ބޭވަފާތެރިވެ އަލުން އެނބުރި އަތުވެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟