ads
ރޭ ރަހީނު ކުރެވުނު މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުން
ރަހީނު ކުރި މީހާގެ އަތުން ފޯނާއި ފައިސާ ފޭރިގަނެފައިވާ ކަމުގެ ތުހުމަތު ކުރެވޭ: ފުލުހުން
ފައިސާ ހޯދަންވެގެން ރަހީނު ކުރެވުނު މީހާގެ އަތުން ފޯނާއި ފައިސާ ފޭރިގެންފައިވާ ކަމުގެ ތުހުމަތު ކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މީހަކު ރަހީނުކޮށް އަނިޔާ ކުރެވުނު މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.  

ފައިސާ ހޯދަން ވެގެން އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހަކު ރަހީނުކޮށް ގިނަ އިރުތަކެއް ވަންދެން އަނިޔާކުރުމަށްފަހު އެމީހާ އައިޖީއެމްއެޗް ކައިރިއަށް ވަނީ އެއްލާލާފައެވެ.

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އޭނާ ރަހީނު ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މުޅި ރޭ އެއްކޮށް ރަހީނުކޮށް ފައިސާ ހޯދުމަށް ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން އެެއްވެސް ފައިސާއެއް ލިބިފައި ނުވާތީ މިއަދު ހެނދުނު ގެންގޮސް އައިޖީއެމްއެޗް ކައިރި އަށް އެއްލާލިކަމަށް ވެއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑްގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ އެމީހާގެ އާއިލާ މީހަކު ސީއެންއެމް އަށް ބުނީ ބޭބެ އަށް އެކި ވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި މިވަގުތު އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރަނގަޅަށް ބޭބެ އަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް އޭނާ ބުންޏެވެ

"ރޭ ބާރަ ޖެހުމުގެ ކުރިން ވެސް ހަބަރެއް ވި، އޭގެ ފަހުން އެކަމެއް ހިނގީ " އާއިލާގެ ފަރާތުން ބުންޏެވެ.

އިތުރަށް ބުނީ ބުރަކައްޓަށާއި މޫނު މަތީގެ އިތުރުން އެކި ތަންތަނަށް އަނިޔާކޮށްފައިވާ ކަމަށާއި އެބަޔަކު ބޭބެ ދޫނުކޮށް އަނިޔާ ކުރީ ފައިސާ އެއް ލިބޭނެ ކަމަށް ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރިން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ.

7%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް