ads
ފޮޓޯ: ރަސް——
ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ
މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ މިއަދު އައިޖީއެމްއެޗުގަ އެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ނިޔާވިއިރު އުމުރުފުޅުން 83 އަހަރެވެ.

ރަން އަޑުގެ ވެރިޔާ ހޮޅުދޫ އަބްދުﷲ އަށް ވަނީ ދިވެހި ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންފައެވެ. އެއީ 1981 ވަނަ އަހަރުއެވެ.

ނ. ހޮޅުދޫއަށް އުފަން މަޝްހޫރު އަބްދުﷲ ހަސަން ވަނީ "ޖޯޝޭ ގެނައި މީ ޤައުމީ އުފާ” އާއި، "އޯ ވަޒަން"، "އިލާހީ މި ބިން"، ފަދަ ހިތްގައިމު ގައުމީ ލަވަަތައް ވިދާޅުވެފަައެވެ. އަދި " ރީތި ހަނދެކޭ ނުބުނެވޭނެހޭ"، "ރީތި ނަލަ ނަލަ ހަނދޭކުރި އަލީގައި"، "އަސްރު ދިޔައީ ގެއްލިގެން"، ވަަޑައިގަންނަވާށޭ ކިލާހަށް އަސާސީ" ފަދަ ރީތި މަޝްހޫރު ތަވަތައް އޭނާ ވިދާޅުވެ ދެއްވިއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް