ads
ލަންކާގެ މާވިން ހެމިލްޓަން
ފުރަތަމަ ހާފު: ލަންކާ 1- ސީޝެލްސް 1
މަހިންދަ ރާޖަޕްކްސަ ޓްރޮފީގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ދެ ޓީމު އެކެއް އެކަކުން އެއްވަރުވެ އޮވެ ނިމިއްޖެއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ކުރިން ލަނޑު ޖެހީ ލަންކާއިންނެވެ. ހެމިލްޓަންގެ މި ގޯލަކީ މެޗު ފެށިގެން ފަސްވަނަ މިނިޓްގައި އޭނާ ޖެހި ލަނޑެކެވެ. މިއީ މި މުބާރާތުގައި ލަންކާ ޓީމުން ވަސީމް ރަޒީކް ނޫން ކުޅުންތެރިއަކު މިހާތަނަށް ޖެހި ހަމަ އެކަނި ލަނޑެވެ. މުބާރާތުގައި މިހާތަނަށް ލަންކާއިން މި މެޗުގެ ކުރިން ޖެހި ހަ ލަނޑުވެސް ޖަހާފައިވަނީ ވަސީމް ރަޒީކްއެވެ. އެއީ ރާއްޖެ ކޮޅަށް ޖެހި ހަތަރު ލަނޑުގެ އިތުރުން ބަންގްލަދޭޝް ކޮޅަށް ޖެހި ދެ ލަނޑެވެ. 

ސީޝެލްސްއިން އެއްވަރު ކުރި ލަނޑަކީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ހުބަރޓް އެމެނުއަލް ބޮލުން ޖެހި ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް