ads
އޭޓީކޭ ކުޅުންތެރިން
ސުޕަރ ލީގުގެ ފުރަތަމަ މެޗު އޭޓީކޭއަށް
އިންޑިއަން ސުޕަރ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު އޭޓީކޭ މޯހަން ބަގާންއިން ކާމިޔާބުކޮށްފިއެވެ.

އޭޓީކޭ މޯހަން ބަގާންއިން މި މެޗު ކާމިޔާބު ކުރީ ކެރެލާ ބްލާސްޓަރއާ ވާދަކޮށް ހަތަރު ލަނޑު ދެ ލަނޑުންނެވެ. އޭޓީކޭ މޯހަން ބަގާންއަކީ މި ފަހުން މާލޭގައި އޮތް އޭއެފްސީ ކަޕުގެ ގްރޫޕް ޑީން އެއްވަނަ ހޯދި ކްލަބެވެ. ސުޕަރ ލީގުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ބެންގަލޫރު އެފްސީއާ ނޯތް އީސްޓް ޔުނައިޓެޑެވެ.

އިންޑިއަން ސުޕަރ ލީގު ކުރިއަށްދާ ފޯމެޓަކީ ލީގުގައި ވާދަކުރާ އެގާރަ ކްލަބުވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ މޮޅުވާ ހަތަރު ޓީމުގެ މެދުގައި ޕްލޭއޮފް ފޯމެޓަށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލަށްދާ ދެ ޓީމު ކަނޑައަޅައި އެ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެ ޗެމްޕިއަން ޓީމެއް ކަނޑައަޅެމުވެ. ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. އަދި ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭ އޮފް ޖާގައެއް ލިބޭނެއެވެ. 

ކޮވިޑުގެ ނުރައްކަލާ ހެދި މި އަހަރުގެ ސީޒަންވެސް ކުރިއަށް ގެންދާނީ ހާއްސަ ފިޔަވަޅުތަކަކާ އެކުއެވެ. މިގޮތުން މި ފަހަރުވެސް މުބާރާތް ކުރިއަށްދާނީ ގޯއާގައެވެ. ގޯއާގެ ތިން ސްޓޭޑިއަމެއްގައި މެޗުތައް ކުރިއަށް ގެންދާނެއެވެ. 

އިންޑިއަން ސުޕަރ ލީގުގެ ގަވައިދަށް މި ފަހަރު އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ބިދޭސީ ކުޅުންތެރިންގެ ކޯޓާއެވެ. މި ފަހަރުގެ ގަވައިދު އޮތް ގޮތުން ކޮންމެ މެޗެއްގައިވެސް އެއްވަގުތެއްގައި ކުޅެވޭނީ ބިދޭސީ ހަތަރު ކުޅުންތެރިނަށެވެ. އަދި އޭގެ ތެރެއިން އެއް ކުޅުންތެރިއަކުވާން ޖެހޭނީ އޭޝިއާ ކުޅުންތެރިއަކަށެވެ. މި ގަވައިދަށް އަމަލު ކުރަން ފެށުމުން އިންޑިޔާގެ ހަތް ކުޅުންތެރިން ކޮންމެ ވަގުތެއްގައިވެސް ކޮންމެ ޓީމެއްގައިވެސް ކުޅެން ދަނޑު މަތީގައި ތިބޭނެއެވެ. ބިދޭސީ ކުޅުންތެރިންގެ ކޯޓާއާ ގުޅޭ މި ނޫންވެސް ބައެއް ބަދަލުތައް މި ފަހަރުގެ މުބާރާތަށް ގެނެސްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް