ads
ގއ. ނިލަންދޫއަށް، ޖަޕާން ސަރުކާރުން ވަނީ 11ލައްކަ ރުފިޔާގެ އެހީ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ ޖަޕާން އެމްބަސީ
ޖަޕާނު ސަރުކާރުން ގއ ނިލަންދޫ ސްކޫލަށް 1.1މިލިއަން ރުފިޔާގެ އެހީއެއް
ޖަޕާން ސަރުކާރުން ގއ ނިލަންދޫ ސްކޫލަށް 11 ލައްކަރުފިޔާގެ އެހީއެއް ދޭން މިއަދު އެއްބަސް ވެއްޖެއެވެ.

މިއީ ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް(ޖީޖީޕީ) ސްކީމްގެ ދަށުން ދޭ އެހީއެކެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުނާ ގޮތުގައި މި އެހީގެ ދަށުން ނިލަންދޫ ސްކޫލުގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކްލާސްރޫމަކާއި، އެސްކޫލުގެ ލައިބްރަރީ އިމާރާތް ކުރެވޭނެއެވެ. އަދި އޭގެ ސަބަބުން ފެންވަރު ރަނގަޅު ތައުލީމީ މާހައުލެއް ލިބޭނެ ކަމަށާއި، އަދި ގުދުރަތީ ކާރިސާތަކުގެ ހާލަތުގައި ރައްކާތެރިވުމަށް ބޭނުން ކުރެވޭނެ އިމާރާތެއްގެ ގޮތުގައިވެސް އެއިމާރާތް ބޭނުން ކުރެވޭނެކަމަށް އެމްބަސީން ބުނެއެވެ.

މިޕްރޮޖެކްޓް ތަންފީޒުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ނިލަންދޫ ސްކޫލުންނެވެ.

މިއެއްބަސްވުމުގައި ޖަޕާނުން ސޮއި ކުރެއްވީ އެމްބެސެޑަ ޔަނައި ކެއިކޯ އެވެ. ނިލަންދޫ ސްކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެސްކޫލުގެ ޕްރިންސިޕަލް ޚަދީޖާ އިބްރާހީމް އެވެ. 

ޖީޖީޕީ އަކީ ރާއްޖޭގައި މީހުން ބާރުވެރި ކުރުވުމަށް ހިންގޭ ރަސްމީ ޕްރޮގްރާމެކެވެ. 1996 ން ފެށިގެން ތައުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި، ސިއްހީ އަދި ހަކަތައިގެ ދާއިރާގެ އިތުރުން ދަތުރުފަތުރު ކުރުމުގެ ދާއިރާއިންވެސް ވަނީ އެހީތެރިކަން ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް