އެކްޓަރެސް ޝަބާނާ އާޒްމީ އެކްސިޑެންޓުވެ، އަނިޔާވެއްޖެއެވެ.

Advertisement
އެކްޓަރެސް ޝަބާނާ އާޒްމީ އެކްސިޑެންޓުވެ، އަނިޔާވެއްޖެއެވެ.
އިންޑިއާގެ ނުސްތަކުން ބުނާގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ޝަބާނާ އާއި އޭނާގެ ފިރިމީހާ ޖާވިދް އަހުތަރު ކާރު ގައި ދަތުރުކުރަނިކޮށް ޓްރަކެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުގެ ފޮޓޯތައް މިޙާރު އާންމުވެފައިވާއިރު ޝަބާނާ އަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާ ލިބިފައެވެ. ނަމަވެސް ޖާވިދަށް އެއްވެސް އަނިޔާއަށް ލިބިފައެއް ނުވެއެވެ.
އޭގެ އިތުރުން ކާރުގައި އިން އިތުރު އަންހެނަކަށް ވެސް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. އަދި ދެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގެ ފުލުހުންނަށް ހަވާލާދީ ނޫސްތަކުން ވަނީ ބުނެފައެވެ.
ޝަބާނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އާހް" އާއި "ސްވާމީ" އާއި "އަންކުރް" އަދި "މަޑްރޫ ކީ ބިޖްލީ ކީ މަންޑޯލާ" ހިމެނެއެވެ.