ads
އައްޔު…
އައްޔުގެ "ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް ވާޝަން މިފެށޭ ހަފްތާގައި
ދިވެހި ލަވަތަކަށް ލޯބިކުރާ ފަރާތްތަކުގެ ހިތުގައި މި ފަހުން ބިންވަޅު ނެގި އަލީ އިނާން ސައީދު (އައްޔު) ކިޔާފައިވާ "ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް އޯޑިއޯ ލަވަ މި ފެށޭ ހަފްތާ ރިލީޒްކުރަން ނިންމައިފިއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން އައްޔު ބުނީ، އެ ލަވައިގެ ފުލް ވާޝަނެއް އެހުންތެރިންނަށް ގެނެސްދެން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

ފޯނުން ރިކޯޑް ކޮށްލުމަށް ފަހު އަމިއްލަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ސްޓޯރީތަކަށް ދޫކޮށްލި "ތީ ލޯބި ޖަވާހިރެކޭ" ވަނީ ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނަގާފައެވެ.

އައްޔުގެ އަޑުން އިއްވާލި ކުޑަ ކުޑަ ހިތްގައިމު ލަވައިގެ ކަޑިތައް އިސާ ހިތަކު ޓިކްޓޮކާއި ބޮޑެތި ކައިވެނި ހަފްލާތަކުގައި ވައިގަ ހިފާލީވެސް "ފަތު އަޑު" ކިޔާފައެވެ.

އައްޔުގެ އެ ލަވަ މި ހަފްތާގައި ރިލީޒްކުރަން ނިންމި ނަމަވެސް ސީދާ ވަކި ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

"ތީ ލޯބި ޖަވާހިރެކޭ" ގެ ފުލް އޯޑިއޯ ވާޝަން އަންނަން އުޅޭކަން އިއުލާނުކޮށް ކުޑަ ޓީޒާ ކޮޅެއް ވެސް އައްޔުގެ ފޭސްބުކް ޕޭޖަށް މިހާރު ވަނީ ދޫކޮށްލާފައެވެ.

މަޝްހޫރު ހިންދީ ލަވަ "މެއި ރަންގް ޝަރްބަތޯކާ" ގެ ރާގަށް އައްޔު އަމިއްލަ ލިރިކްސް ހަދާގެން އޭނާގެ އަމިއްލަ އަޑުން ގެނެސްދެން އުޅޭ "ތީ ލޯބި ޖަވާހިރެކޭ"ގެ ފުލް ވާޝަންގެ މިއުޒިކް ކޮމްޕޯސް ކޮށްފައިވަނީ ޝަހީދު ލެގަސީ ކަން ފާހަގަކޮށްލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް