ads
ގާސިމް އާއި ނަހުލާ--- ފޮޓޯ: ސަން
ލީޑަރު ގާސިމްދެކެ ލޯބިވާ އެތައް ރައްޔިތުންނެއް އެބަތިބި: މިނިސްޓަރު ނަހްލާ
ޖުމްހޫރީ ޕާޓީ(ޖޭޕީ)އިން ރަށްރަށަށް ކުރާ ދަތުރުތައް އިތުރުކުރަންޖެހޭ ކަމަށާއި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްދެކެ ލޯބިވާ އެތައް ރައްޔިތުންނެެއް ރާއްޖޭގައި އެބަތިބިކަމަށް އެމަނިކުފާނުގެ އަނބިކަބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވެއްޖެ އެވެ.

"ރަށު ދަތުރު" ނަމުގައި ޖޭޕީގެ އަންހެން މެމްބަރުން އިސްނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މިއަދު ފ. ނިލަންދޫއަށް ކުރި ދަތުރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހްލާ ވިދާޅުވީ، އެ ދަތުރުން އެގިގެންދިޔައީ ރާއްޖޭގެ އެހެން ރަށްރަށަށް ވެސް ޖޭޕީގެ ދަތުރުތައް ފުޅާކުރަން ޖެހޭކަން ކަމަށެވެ. 

" ރާއްޖޭގެ ރަށްރަށަށް ޖުމްހޫރީ ޕާޓީގެ ދަތުރުތައް ވަރަށް ގިނަ ކުރަން އެބަޖެހޭ. ޖުމްހޫރީ ޕާޓީދެކެ، މި ޕާޓީ ލީޑަރުދެކެ ލޯބިވާ އެތައް ރައްޔިތުންނެއް އެބަތިބި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި ޖޭޕީގެ އަންހެނުން އިސްނަގައިގެން މިކުރާ ދަތުރު ކުރިމަގުގައި ނުހުއްޓާ ބަރާބަރަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ހަމަ ގައިމުވެސް އަޅުގަނޑުގެ ނަމުގައި އަރުވަން" ނަހްލާ ވިދާޅުވިއެވެ. 

އެދަތުރުގެ ކާމިޔާބީއާއި ބެހޭގޮތުން ވާހަކަދައްކަމުން ނަހްލާ ވިދާޅުވީ ނިލަންދޫގެ އިސް ރަށްވެހިންތަކެއް ޕާޓީއާއި އަލަށް ގުޅިފައިވާ ކަމަށެވެ. އަދި ނިލަންދޫގައިވެސް އުޅެނީ ގާސިމްދެކެ ވަރަށް ލޯބިވާ ގާސިމަށް އިހްތިރާމުކުރާ ރައްޔިތުންތަކެއްކަން އެކަމަނާ ފާހަގަކުރި އެވެ. 

މިނިސްޓަރު ނަހްލާ ވިދާޅުވީ، ޖޭޕީގެ އަންހެން ކަނބަލުން އިސްނަގައިގެން އަތޮޅުތަކަށް ކުރަމުންދާ އެދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށާއި އެދަތުރުތަކުގެ ސަބަބުން ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ. ސަބަބަކީ އަންހެނުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއް ކާމިޔާބު ވާނެކަމަށް އެކަމަނާ ގަބޫލުކުރާތީ ކަމަށެވެ. 

ޖޭޕީން ބުނީ މި ދަތުރުގައި 15 މެމްބަރުން ބައިވެރިވާ ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ފަސް ފިރިހެން މެމްބަރުންކަމަށާއި، ދަތުރު ލީޑު ކުރައްވަނީ މިނިސްޓަރު ނަހްލާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް