ads
މި ބައްޔަށް އައިކެއާއިން ފަރުވާ ލިބޭނެ…
ހަކުރު ބަލީގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެބާ؟
ނޮވެމްބަރު މަހަކީ ދުނިޔޭގައި ކުލަ ގަދަކޮށް ފާހަގަކުރަމުންދާ ހަކުރުބައްޔަށް ހޭލުންތެރި ކުރުމުގެ މަހަށްވީ ހިނދު މި ބަލީގެ ނުރައްކަލުގެ ވާހަކައިން އާންމުކޮށް ނުދެކެވޭ އެތަކެއްވާހަކައެއް އެބަހުއްޓެވެ. މި ފަދަ މައުލޫތަކަކީ ފުރާނަ ސަލާމަތްކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެނގުން ނުހަނު މުހިންމު ވާހަކަތަކެވެ.
Advertisement

ހަކުރުބަލީގެ ނުރައްކާތަކަށް ނަޒަރު ހިންގާލާއިރު އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ މި ބަލީގެ ސަބަބުން އިންސާނާގެ އެންމެ ނާޒުކު އެއް ގުނަވަން ކަމުގައިވާ ލޮލަށް ލިބޭ ގެއްލުންތަކެވެ. ހަކުރުބަލީގެ ސަބަބުން "ޑައިބެޓިކް އައިޑީޒީސަސް" ދިވެހި ބަހުން ބުނާނަމަ ލޮލުގެ މައްސަލަތަކެއް ޖެހޭކަން ފާހަގަކޮށްލެވެއެވެ.  އޭގެ ތެރޭގައި ޑައިބެޓިކް ރެޓިނޮޕަތީ، ޑައިބެޓިކް މެކިއުލާ އެޓީމާ، ކެޓެރެކްޓްސް އަދި ގްލޯކޯމާ ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ހަކުރުބަލި ތަހަންމަލް ކުރަމުންދާ ދޮށީ އުމުރުފުރައިގެ މީހުންތަކުގެ ތެރެއިން ކޮންމެ ތިން މީހަކުން އެކެއްގެ މިފަދަ ބަލިތަކުގެ ނިޝާންތައް ހުންނަ ކަމަށް ވެއެވެ. . އަދި މީގެ ތެރެއިން އެންމެ އާންމު ބައްޔަކީ ޑައިބެޓިކް ރެޓިނޮޕަތީކަން ފާހަގަވެއެވެ.

މިފަދަ ބަލިތައް އެންމެ ނުރައްކާވާ އެއް ސަބަބަކީ ބަލީގެ ކުރީކޮޅު ބަލިޖެހިފައިވާ ކަން އަމިއްލައަށް ދެނެގަންނާނެ އެއްވެސް ނިޝާނެއް ފެންނަން ނުހުރުމެވެ. އަދި ޑައިބެޓިކް ރެޓިނޮޕަތީގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް މަހުރޫމްވުމުގެ ފުރުސަތު ބޮޑުވަމުންނެވެ.

މާބަނޑު ދުވަސްވަރު ޖެހޭ ހަކުރުބަލީގައި ޑައިބެޓިކް އައިޑިޒީސް ޖެހުމުގެ ފުރުސަތު ނެތްކަން ތަފާސްހިސާބުތަކުން ދެއްކިނަމަވެސް ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓިކްސް ސަބަބުން މިފަދަ ބަލިތަކަށް މަގުފަހިވާކަން ފާހަގަކުރެވެއެވެ.

މި ބަލި ދެނެގަތުމަށްޓަކައިހަކުރުބަލި ތަހަންމަލް ކުރަމުންދާ ފަރާތްތައް ގަވާއިދުން ސިއްހީ ފަރުވާދޭފަރާތެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި އަވަހަށް ދެނެގަނެ ފަރުވާ ފެށިއްޖެނަމަ މިފަދަ ބަލިތަކުގެ ސަބަބުން ދިމާވާ ދާއިމީ ގެއްލުންތައް 95 އިންސައްތަ ކުޑަކުރެވޭނެއެވެ

40 އަހަރުން މަތީގެ ހަކުރުބަލި ތަހައްމަލް ކުރަމުންދާ ފަރާތެއްނަމަ ލަސް ނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުން ވަރަށް މުހިއްމު ކަމަށް ސިއްހީ މާހިރުން ބުނެއެވެ. . އަދި މި ހިދުމަތް އެންމެ ފަސޭހަކަމާއި އެކު އެކަށޭނަ އަގެއްގައި އައިކެއާއިން ވެސް  ލިބޭނެއެވެ. އައިކެއާގެ ކްލިނިކް އަދި ހޮސްޕިޓަލް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން 23:00އަށެވެ. 

އައިކެއާއިން ދޭ ހިދުމަތްތަކުގެ ތެރޭގައި މެޑިކަލް ރެޓީނާ ސަރވިސަސް، ކޮމްޕްރެހެންސިވް އައި އެގްޒާމް، ސާޖަރީ އަދި ޓްރީޓްމަންޓް، ރިފްރެކްޓިވް އެރާ ކަރެކްޝަން އަދި ޕްރިސްކްރިޕްޝަން އާއި ކޮންޓެކްޓް ލެންސްގެ ހިދުމަތް ހިމެނެއެވެ.

އައިކެއާއިޖް އެޕޮއިންޓްމަންޓް ހެއްދުމަށް 3321026 ނަމްބަރު ފޯނާ ގުޅުއްވާ އިތުރު މައުލޫމާތު އައިކެއާގެ  ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް