ads
ޖޭއެސްސީގެ މެމްބަރުންތަކެއް
ފަސް ދާއިރާއަކަށް އިސްމެޖިސްޓްރޭޓުން ހޯދަން އިއުލާން ކޮށްފި
ރާއްޖޭގެ ފަސް ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި އިސް މެޖިސްޓްރޭޓުން ހޯދާ ޖުޑިޝަލް ދާއިރާތަކަކީ ހއ. ، ށ. ، ނ. ، ބ. އަދި ވ. އަތޮޅުގެ ޖުޑިޝަލް ދާއިރާ އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އެ ބޭފުޅަކު ކުރިމަތިލައްވާ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާ ކުރަމުން ގެންދާ ބޭފުޅުންނަށެވެ. 

މި މަގާމްތަކުގެ މުސާރައާއި އިނާޔަތްތަކަކީ 

  • އަސާސީ މުސާރަ - 23,150 ރުފިޔާ
  • ލިވިން އެލަވަންސް - 4،000 ރުފިޔާ
  • ރިސްކް އެލަވަންސް - 800 ރުފިޔާ

ފަނޑިޔާރުންގެ ގާނޫނު ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މި މަގާމަށް ހެލްތު އިންޝުއަރެންސް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ވެސް ދޭނެއެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް