ads
މިނިސްޓަރު ނަހުލާ މިއަދުގެ ޖަލްސާގައި ސުވާލުތަކަށް ޖަވާބު ދެއްވަނީ
ބަހުގެ ހިދުމަތް ނުފެށި އޮތީ ބަޖެޓް ހަމަނުޖެހިގެން، ރައީސްގެ 100 ދުވަހުގެ ވައުދެއް: ނަހުލާ
މާލޭގައި ބަހުގެ ހިދްމަތް ނުފެށި އޮތީ އެކަމަށް ބަޖެޓް ހަމަ ނުޖެހިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ވައުދު ތަކުގެތެރެއިން، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލު ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ނުފުއްދި އޮތް ހަމައެކަނި މަސައްކަތަކީ އެމަސައްކަތް ކަން ފާހަގަ ކުރައްވަމުން  މިނިސްޓްރު ވިދާޅުވީ އަދިވެސް އެކަން އޮތީ ނުވެ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މާލޭގައި ބަހުގެ ހިދްމަތާއި، ސްކޫލް ބަހުގެ ހިދްމަތް ދިނުމަކީ އެމްޑީޕީގެ ވަރަށް މުހިއްމު ވައުދެއް ކަމަށާއި އެހިދްމަތް މާލޭގައި ދެވެން ފެށޭނީ ކޮންއިރަކުތޯ ވިދާޅުވެ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނީ ބަހުގެ ވައުދަކީ ރައީސުލް ޖުމްހޫރިއްޔާގެ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދަން އޮތް ވައުދެއް ކަމަށެވެ.

ފުރަތަމަ ވެސް އެކަން ކުރުމަށް ބަޖެޓްގައި ހިމެނިފައި ނުވާ ކަމަށާއި، އަދި މިހާރަތަނަށްވެސް ބަޖެޓް ހަމަޖެހިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ބަޖެޓް ނުލިބުނަސް، އެހީދޭ ޖަމާއަތްތަކުގެ ފަރާތްތަކުން އެހީއެއް ލިބޭތޯ ފޮރިން މިނިސްޓްރީގައިވެސް ދަންނަވާފައިވާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް މިނިސްޓްރީން އެކަންވާނެ ގޮތެއް ފެނިފައި ނުވާކަމަށެވެ. 

މި ހިނގާ އަހަރުގެ ބަޖެޓްގައި 16.9 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށާއި އެހެންނަމަވެސް އެފައިސާއިން އެންމެ ހަތަރު، ފަސް ބަސް ގަނެގެން އެކަން ނުކުރެވޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. 

"ބަޖެޓް ހަމަޖެހޭ ގޮތަކަށް މިއޮތީ ބުރިބުރި ކޮށްލައިގެން ކަހަލަ ގޮތަކަށް. އެހެންވީމަ މިބަޖެޓް ހިންގޭނެ ވަރަށް ފައިސާ ލިބުނީމަ ހިންގަން ފައްޓާނެ ކަމަށް ދަންނަވާލަން" ނަހުލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް