ads
ގާދިއްފުށި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން.
ގާދިއްފުށި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި
ތ ގާދިއްފުށި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް 29 ނޮވެމްބަރުގައި ފަށައިފި އެވެ.
Advertisement

އެމްޓީސީސީއިން ބުނަނީ އާރއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތް 57 ޕަސެންޓް ނިމިއްޖެކަމަށާއި މި މަޝްރޫއުގެ ދަށުން 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއީމް ކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި 2 ޕަމްޕް ސްޓޭޝަން ގާއިމްކުރެވޭނެކަމަށެވެ.

your imageގާދިއްފުށި ނަރުދަމާގެ މަސައްކަތް

މި މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް