ރަސްމާދޫގައި އަލަށް އިމާރާތްކުރާ އިންޖީނު ގޭގެ އެއްބަސްވުމުގައި ޓައިނީ ނީމޯ އާއި ފެނެކައާއި ދެމެދު މިއަދު ސޮއިކޮށްފިއެެވެ.
މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ 5,566,046.52 ރުފިޔާއަށެވެ. މި ޕްރޮޖެކްޓު ފެށުމަށް ހަމަޖެހިފައިވަނީ މި ހިންގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހަށް ޕްރޮކެޓު ނިންމަންޖެހެއެވެ.
ފެނަކައިގެ ފަރާތުން މި އެއްބަސް ވުމުގައި ޓައިނީ ނީމޯ ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިޔާމެވެ. ފެނަކައި ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދެވެ.